ޝަރީއަތް ކެންސަލް ކުރުމަކީ އެއްލައަށްވުރެ ގިނަ ރައްޔިތުންނަށް ދިން އަނިޔާއެއް: ޝުޖާ

ޝަރީއަތް ކެންސަލް ކުރުމަކީ އެއްލައަށްވުރެ ގިނަ ރައްޔިތުންނަށް ދިން އަނިޔާއެއް: ޝުޖާ

ހައި ކޯޓުގައި ކުރިއަށްދާ ކުރީގެ ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުން މިއަދަށް ތާވަލުކުުރުމަށްފަހު ކުއްލިއަކަށް ކެންސަލްކުރުމަކީ ރައީސް ޔާމީނަށް ތާއީދުކުރާ އެއްލައްކަށްވުރެ ގިނަ ރައްޔިތުންނަށް ވަރަށް ބޮޑު ހިތްދަތި ކަމަކާއި އަނިޔާއެއް ކަމަށް ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.

ހައިކޯޓުގައި މިއަދު މެންދުރުފަހު 2:00ގައި ފެށުމަށް ހަމަޖެހިފައި އޮތް އިސްތިއުނާފް އަޑުއެހުން ކެންސަލް ކުރީ ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން އެދިގެންނެވެ.

ޝުޖާ ވިދާޅުވީ މިހާ ގަޑި ކައިރިވެފައި އޮއްވާ ކުއްލިއަކަށް ޝަރީއަތް ކެންސަލްކޮށް ހިންގަމުންދަނީ ވަރަށް ނާތަހުޒީބު ޢަމަލުތަކެއް ކަމަށެވެ. މިއީ ކަނޑައެޅިގެން ދެވޭ ބޮޑު އަނިޔާއެއް ކަމަށް ޝުޖާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީނަށް އިންސާފު ހޯދުމަށް ކުރެވޭ އެންމެ ބޮޑު މަސައްކަތަކީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުން ކަަމަށާއި، ރައްޔިތުން މިސަރުކާރުގެ އަނިޔާވެރިކަމަށް މިމަހުގެ 30 ވަނަ ދުވަހު ނޫނެކޭ ބުނާނެކަމަށެެވެ.

ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ ކުއްލިއަކަށް މިއަދު ކެންސަލް ކޮށްލުމަކީ އެމަނިކުފާނާއި އެމަނިކުފާނަށް ތާޢީދު ކުރާ 1 ލައްކަށް އަށްވުރެ ގިނަ ރައްޔިތުންނަށް ދިން ހިތްދަތި ކަމެއް. އަނިޔާއެއް. މިއީ ރޭވިގެން ދެވޭ އަނިޔާ. މިއަދު ދިވެހި ރާއްޖޭގައި އެއްވެސް ރައްޔިތަކަށް އިންސާފެއް ނެތް. މުޅި ނިޒާމު އޮތީ މުޑުދާރު ކޮށްފަ. ސެޕްޓެމްބަރ 30 އަށް ފަހު ދިވެހީން ދެކޭނީ އިންސާފުވެރި އަދުލުގެ ނިޒާމެއް. އެއްވެސް ރައްޔިތަކަށް އަނިޔާވެރި ނުވާ، އިންސާފުން ކަންކުރާ ވެރިކަމެއް. ޑރ މުއިއްޒު އިންތިޚާބު ކުރަންވީ ހެޔޮވެރިކަމެއް ކުރުމަށް.

– ޝުޖާ ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދީގެން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހުއެވެ.

ރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުންތައް ނުނިމި ލަސްވާތީ އިދިކޮޅުން ގެންދަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *