ހުނަރުވެރި އެކްޓަރު ވިކްރާންތް މެސީ އާއި އަންހެނުން ޝީތަލް ޓާކުރް އަށް ދަރިއަކު ލިބެން އުޅޭ ކަން އިއުލާން ކޮށްފިއެވެ.
އީ ޓައިމްސް އިން ބުނި ގޮތުގައި ޝީތަލް ބަނޑުބޮޑު ކަން ވިކަރާންތް ހާމަ ކޮށްފައި ވާ އިރުގައި އެމީހުން މިހާރު ތިބީ ވަރަށް އުފަލުންނެވެ. ވިކްރާންތް ގެ ގާތް ފަރާތަކުން އީޓައިމްސްއަށް މައުލޫމާތު ދިން ގޮތުގައި އެ ދެމަފިރިންނަށް ފުރަތަމަ ދަރިއަކު ލިބެން އުޅޭ ކަން ވަނީ ހާމަކޮށްފައިއެވެ. ނަމަވެސް ވިކްރާންތު ވެސް އަދި ޝީތަލް ވެސް އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ވިކްރާންތު އާއި ޝީތަލް ކައިވެނިކުރީ ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު 2022 ވަނަ އަހަރު އެވެ. ދެމީހުން އެކަކު އަނެކަކާ ބައްދަލުވެ ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ވެބް ސީރިޒް "ބްރޯކެން ބަޓް ބިއުޓިފުލް" ގެ ސެޓުންނެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޕްރައިވެޓް ރޯކާ ހަފްލާއެއްގައި އެންގޭޖްވި އިރު، އެ ހަފްލާގައި އެ މީހުންގެ ގާތް ރަހުމަތްތެރިންނާއި އާއިލާގެ މީހުން ވެސް ބައިވެރިވި އެވެ. އެމީހުން ކައިވެނި ކުރީ މިދިއަ އަހަރުގެ ފެބްރުއަރީ މަހުގައިއެވެ.
ކޮމެންޓު ފޮނުވާ