ސޫރިއާ ވެސް ބޮލީވުޑަށް

ސޫރިއާ ވެސް ބޮލީވުޑަށް

Author
ފާތިމަތު ނާވީ
19 ސެޕްޓެމްބަރ 2023 01:37
0

ސައުތުގެ ގިން ތަރިންތަކެއް ބޮލީވުޑް އަށް ތައާރަފް ވަމުން އަންނަ އިރުގައި އަނެއްކައިވެސް އެ ލިސްޓަށް އިތުރު ތަރިއެއް އަރައިފިއެވެ.

އެގޮތުން އިންޑިއާގެ މަޝްހޫރު ތަމަޅަ އެކްޓަރު ސޫރިއާ އަށް ބޮލީވުޑްގެ ފިލްމެއް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތަށް ވަނީ ބުނެފައިއެވެ. ޕިންކްވިލާ އިން ބުނި ގޮތުގައި 48 އަހަރުގެ އެކްޓަރަށް ހުށަހަޅާފައި ވަނީ ކުޅަދާނަ ޑައިރެކްޓަރު ރާކޭޝް އޯމްޕްރަކާޝް މެހެރާ ހަދަން ނިންމާފައިވާ "ކަރުނާ" އެވެ.

 

View this post on Instagram

 

A post shared by Suriya Sivakumar (@actorsuriya)

އޯމްޕްރަކާޝް އަކީ "ރަންގް ދެ ބަސަންތީ" އާއި "ދިއްލީ-6″ ގެ އިތުރުން "ބާގް މިލްކާ ބާގް" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2021 ގެ "ތޫފާން" އެވެ.

"ކަރުނާ" އަކީ މީގެ ކުރިން އެކްޓަރު ޝާހިދު ކަޕޫރު އާއި އެކުގައި ގެނެސްދިނުމަށް ނިންމި ފިލްމްއެކެވެ. ނަމަވެސް ފަހުން ޝާހިދު ފިލްމް ނުކުޅެއް ނިންމިއެވެ. ނަމަވެސް ސަބަބެއް ހާމަކޮށްފައިއެއް ނުވެއެވެ.

 

View this post on Instagram

 

A post shared by Shahid Kapoor (@shahidkapoor)

"ކަރުނާ" އަކީ އިންޑިއާގެ ހިންދޫންގެ ތެރޭގައި ކިޔައި އުޅޭ ހުރާފީ ވާހަކަ މަހާބާރަތުގައި ހިމެނޭ ކަރުމާ ޝަހުސިއްޔަތަށް ބިނާކޮށް ހަދަން ހަމަޖެހިފައިވާ ފިލްމެކެވެ. ފިލްމް ސޫރިއާ އަށް ހުށައަޅައި މިހާރު އަންނަނީ އެކަމުގެ މަޝްވަރާ ތަށް ކުރިއަށް ގެންދަމުންނެވެ. މީ ވަރަށް ބޮޑު ބަޖެޓަކުން އަދި ވަރަށް ގްރޭންޑް ކޮށް ހަދަން ނިންމައިފައިވާ ފިލްމްއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.