ޕީއެސްއެމްގެ ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ ފައިސާ ނުދީ ދެމަސް!

ޕީއެސްއެމްގެ ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ ފައިސާ ނުދީ ދެމަސް!

Author
މުޙައްމަދު ޝަޒައިމް
25 އޮގަސްޓް 2023 12:06
0

ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދިޔަ "ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަން 2023″ގެ މުބާރާތުގެ ފައިސާގެ އިނާމު ނުދީ ދެމަސް ދުވަސް ވެފައިވާކަން އެގިއްޖެއެވެ.

ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުން އިންތިޒާމުކޮށް ގެނެސްދިން "ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަން 2023″ގެ ނަތީޖާ ފާޅުކުރުން ބާއްވާފައިވަނީ ފިނާލޭ ޝޯވއަކާއެކުގައެވެ. މުބާރާތުގެ ފިލާނޭގައި 5 ބައިވެރިންނާއި ވާދަކޮށް މިއަހަރުގެ މިމުބާރާތް ކާމިޔާބުކޮށްފައިވަނީ، ގދ. ގައްދޫ ކަފިދޫގޭ އާމިނަތު ޝަހުބާ ޝަހީދެވެ.

ޝަހުބާ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ފައިސާގެ އިނާމު އަދި ވެސް ހަވާލުކޮށްފައި ނުވާއިރު މުބާރާތުގެ އެއްވަނަ ހޯދުމުން ދިވެހިރާއްޖޭގެ އަޑުގައި އެއްއަހަރު ދުވަހު މަސައްކަތް ކުރުމަށް ދޭނެ ކަމަށް ބުނި ކޮންޓެކްޓްގެ ޚަބަރެއް ވެސް ނުވާ ކަމަށެވެ. މިފައިސާވެސް އަދި ޕީއެސްއެމްއިން ކޮށްދޭން ބުނި ކަންކަންވެސް ނުކުރާތީ ޝަހުބާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މުބާރާތުގައި "ބޮޓަމް 3″ އަށް ނުގޮސް ފިނާލޭއަށް ދަތުރުކުރި ހަމައެކަނި ބައިވެރިއަކީވެސް ޝަހުބާއެވެ. މިއަހަރުގެ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން ކާމިޔާބުކުރުމުން މުބާރާތުގެ ޓްރޮފީއާއެކު ޝަހުބާއަށްވަނީ 20،000 ރުފިޔާގެ ފައިސާގެ އިނަމެއް ދޭން ބުނެފައެވެ. މުބާރާތުގެ ދެވަނައަށް ދިޔަ ބައިވެރިޔާއަށް 15000 ރުފިޔާ އަދި ތިންވަނައަށް ދިޔަ ބައިވެރިޔާއަށް 10000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް އޮތީ ދަރަނީގެ ބޮޑު އަނދަވަޅެއްގައެވެ. ދަރަނި ނުދައްކާގެން ފާއިތުވެދިޔަ ހަފްތާގައި ދެ ހުކުމެއް ކޯޓުން ކޮށްފައިވާއިރު، ކޯޓުން ވަނީ ޕީއެމްއެމްގެ މާލީ މުޢާމަލާތްތައްވެސް ނުކުރެވޭ ގޮތަށް އަމުރެއް ނެރެފައެވެ. ޕީއެމްއެމްގެ މިހާރުގެ މެނޭޖްމަންޓަކީ އެކުންފުނީގެ ހަޔާތުގައިވެސް އައި އެންމެ ދޯދިޔާ މެނޭޖްމަންޓްކަމަށް އެކުންފުނީގެ ގިނަ މުވައްޒިފުން ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މުނައްވަރު
އެއްވެސް އެއްޗެއް ނެތް ދެން ދެވޭނީ ޗާޕްކޮށްފަ