ހައްގުބަސް ބުނާތީ އަޅުގަނޑަށް އަބަދުވެސް ލިބެނީ ނިކަމެތިކަން: ޤާސިމް

ހައްގުބަސް ބުނާތީ އަޅުގަނޑަށް އަބަދުވެސް ލިބެނީ ނިކަމެތިކަން: ޤާސިމް

ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީއާއި މިނިވަންކަމަށްޓަކައި ކޮންމެ ރިޔާސީ އިންތިޚާބެއްގައި ހައްގު ބަސް ބުނާތީ، އަބަދުވެސް ލިބެނީ ނިކަމެތިކަން ކަމުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭންގައި ށ.މިލަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ ކޮންމެ ރިޔާސީ އިންތިޚާބެއްގައި ޖުމްހޫރީ ޕާޓީ ވާންޖެހެނީ ވެރިކަމަށް ބަޔަކު ގެންނަން މެދުވެރިއަކަށް ކަމަށެވެ. އެއްވެސް ފަހަރެއްގައި ޖުމްހޫރީ ޕާޓީއަށް ވެރިކަން ހޯދައިދޭން އެއްވެސް ބަޔަކު މަސައްކަތް ނުކުރާކަމަށެވެ.

މިހާތަނަށް އެމްޑީޕީއާއި، ޕީޕީއެމް ފަދަ ބޮޑު ޕާޓީތަކުން ލެނގިލައިގެން އުޅުނީ ޖޭޕީގައި ކަމަށާއި ނަމަވެސް ޖޭޕީން ބައެއްގެ ބުރަކަށީގައި އެލިގެން ނޫޅޭކަމަށެވެ. ޤާސިމް ވިދާޅުވީ 2008 އިން ފެށިގެން މިހާތަނަށް ކޮންމެ ވެރިކަމެއް ގާއިމްކޮށް ވެރިކަމުގައި ކަންކަން ކުރާގޮތް ގޯސްވެގެން ވެރިކަން ބަދަލު ކުރުމަށް މަސައްކަތް ކުރެއްވި ކަމަށެވެ. އެކަން ކުރައްވާފައިވަނީ ދިވެހި ރައްޔިތުންގެ ހައްގުގައި ހައްގު ބަސްބުނެ، ހައްގު މަގުގައި މަސައްކަތް ކުރުމަށް ކަމަށެވެ.

މިހާތަނަށް އަޅުގަނޑުމެން ހައްގު ގޮތުގައި ހައްގު މަގުގައި މަސައްކަތް ކުރީމަ ލިބުނީ ނިކަމެތިކަން. އަޅުގަނޑުމެންނަށް އަޅާލި ބަޔަކު ނެތް. އަޅުގަނޑު ދަންނަވާނީ އަޅުގަނޑު އިރާދަ ކުރެއްވިއްޔާ މީހެއްގެ ބުރަކަށީފައި ލެނގިގެން ނުހުންނާނަމޭ.

– ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވި މިހާތަނަށް އުފުނު ކޮންމެ ސަރުކާރަކުން ކާމިޔާބީއެއް ހޯދާފައިވާނަމަ އެކާމިޔާބީއެއްގައި ޖުމްހޫރީ ޕާޓީގެ ހިއްސާ އޮންނާނެ ކަމަށެވެ. ނަމަވެސް ވެރިކަން ލިބި ކަންކަން ކުރެވި ކާމިޔާބީ ލިބެން ފެށުމުން ޖޭޕީއާއި ޤާސިމްގެ މަތިން ހަނދާން ނުހުންނަ ކަމަށެވެ. މިއީ ކޮންމެ ފަހަރަކުވެސް ތަޖުރިބާ ކުރި ހިތްދަތި ތަޖުރިބާ ކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ މިފަހަރުވެސް އަދި ފާއިތުވެދިޔަ ތަނުގައިވެސް ރިޔާސީ ރޭހުގައި އޭނާ ވަރުގެ ގާބިލް އިހުލާސްތެރި ބޭފުޅަކު މިރޭހުގައި ވާދަ ނުކުރާކަމަށެވެ. ޤާސިމް ވަނީ ތަކުރާރުކޮށް ވަރަށް އަސަރާއިއެކު އޭނާއަށް ވޯޓު ދެއްވުމަށް އާދޭސް ދަންނަވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *