ދިއްދޫގައި ބިން ހިއްކާ އެއާޕޯޓެއް އެޅައިދޭނަން، އެއީ ވަރަށް ފަސޭހަ ކަމެއް: ޑރ.މުއިއްޒު

ދިއްދޫގައި ބިން ހިއްކާ އެއާޕޯޓެއް އެޅައިދޭނަން، އެއީ ވަރަށް ފަސޭހަ ކަމެއް: ޑރ.މުއިއްޒު

ދިއްދޫގައި ބިން ހިއްކާ އެއާޕޯޓެއް އެޅުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށާއި، އެކަން ކޮށްދެއްވާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސްގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދިއްދޫގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންގެ ބައިވެރިވި މިޖަލްސާގައި އެރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އުންމީދު ކަމުގައިވާ ދިއްދޫ އެއާޕޯޓްގެ ޔަގީންކަން މުއިއްޒު ދެއްވުމާއިއެކު ޖަލްސާއަށް ވަޑައިގެން ތިއްބެވި ބޭފުޅުން ވަނީ ކޮޅަށް ތެދުވެ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ޑރ. މުއިއްޒު ވިދާޅުވީ އެރަށުގައި އެއަރޕޯޓެއް އެޅިގެން ދިޔުމަކީ ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށާއި އޭނަގެ ވެރިކަމެއްގައި ދިއްދޫގައި އެއަރޕޯޓެއް އަޅާނެ ކަމަށެވެ.

ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައި މިއޮތީ ބިން ހިއްކައިގެން އެއަރޕޯޓެއް އެޅުން. މިރަށުގައި ބިން ހިއްކައި އެއަރޕޯޓެއް އެޅުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ދާދި ފަސޭހަ ކަމެއް. އެކަން ތިބޭފުޅުންނަށް އަޅުގަނޑުމެން ހާސިލްކޮށްދޭނަން.

– ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޑ. މުއިއްޒު ވިދާޅުވީ ރައްޔިތުން ދެކެ ލޯބިވާ ސަރުކާރެއްނަމަ އެންމެ އުފާވާނީ ރައްޔިތުން ފުދުންތެރިކަމާއެކު އުޅޭތަން ފެނުމުން ކަމަށެވެ. އެހެންނަމަވެސް މިހާރަކަށް އައިސް ކުންފުނިތަކުން މަޝްރޫޢުތައް ނުފަށަނީސް ސިޔާސީ އެކިއެކި ބޭނުންތަކަށް ޒުވާނުންނަށް ވަޒީފާ ދެމުން ގެންދާތަން ފެންނަ ކަމަށާއި އެއީ ވަރަށް ހިތާމަވެރި ކަމެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

މުއިއްޒު ވަނީ ބޯހިޔާ ވަހިކަމުގެ މައްސަލަތަކަށް ހައްލު ގެންނާނެ ގޮތާއި އެކަން ކޮށްދެއްވާނެ ގޮތުގެ ތަސައްވަރެއްވެސް ހިއްސާ ކުރައްވާފައެވެ. އެގޮތުން މުއިއްޒު ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި އެންމެ އިސްކަންދޭނެ އެއް ސިއްޔާތަކީ ބޯހިޔާވަހިކަމުގެ ސިޔާސަތު ކަމަށެވެ. އެސިޔާސަތުގެ ދަށުން ބޯހިޔާ ވަހިކަމަށް ބޭނުންވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާ ވަހިކަން ފޯރުކޮށް ދެއްވުމަކީ ކުރައްވާނެ ކަމެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި މުއިއްޒު އެންމެ އިސްކަމެއް ދެއްވާނީ ގެދޮރުވެރި ކަމަށް ފަހު ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *