މުއިއްޒު މިއަދު ހދ. މަކުނުދޫގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: އެމްޑީޕީ

ރައްޔިތުން ބޭނުންވާ ގޮތަށް މަކުނުދޫގައި އެއާޕޯޓެއް އަޅައި ދޭނަން: މުއިއްޒު

ރައްޔިތުން ބޭނުންވާ ގޮތަށް މަކުނުދޫގައި އެއާޕޯޓެއް އަޅައި ދޭނަން: މުއިއްޒު

ރައްޔިތުން ބޭނުންވާ ގޮތަށް ހދ. މަކުނުދޫގައި އެއާޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވައުދުވެވަޑައިގެންފިއެވެ.

ހއ. އދި ހދ. އަތޮޅަށް މުއިއްޒު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި މަކުނުދޫ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި މުއިއްޒު ވިދާޅުވީ މި ސަރުކާރުން މަޝްރޫއުތައް ފަށަނީ ރައްޔިތުންގެ ވިންދަށް ބަލައިގެން ނޫން ކަމަށާއި އެކަމުގައި އޮތީ އަމިއްލަ އެޖެންޑާއެއް ކަމަށެވެ.

ބިން ހިއްކައި، އެއާޕޯޓު އެޅުން ފަދަ މަޝްރޫއުތައް ހިންގި ނަމަވެސް ރައްޔިތުން ތިބެނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެ މަޝްރޫއުތަކުން އެ ރަށް ރަށަށް ފައިދާ ލިބިގެން ނުދާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"އެއީ ރައްޔިތުންގެ ވިންދު ނޭނގޭ ސަރުކާރެއް އޮތުމުގެ ސަބަބުން ވާ ގޮތް. ރައްޔިތުންނާއި ސަރުކާރާ ދެމެދު ނެތް ގުޅުމެއް،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއް ވެގެންދާނީ ރައްޔިތުންގެ ވިންދާ ގުޅިލާމެހިފައިވާ ސަރުކާރަކަށް ކަމަށެވެ.

މި ސަރުކާރުން އެއާޕޯޓު އަޅަން ނިންމި ސަރަހައްދުގެ ސަބަބުން ތިމާވެށީގެ ގޮތުން އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިގެންދާނެ ކަމަށް ރަށުގެ އަހުލުވެރިން ބުނާ އިރު، އެއާޕޯޓުގެ މަސައްކަތް ދަނީ ރަނގަޅަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެހެންވެ، ރައްޔިތުން އެދޭ ގޮތަށް އެއާޕޯޓު މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއާޕޯޓް އަޅަން ބިން ހިއްކާ އިރު، ބިން ހިއްކާނީ ރަށުގެ ރައްޔިތުންނަށް ގެދޮރުވެރިކަން ލިބޭނެ ގޮތަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *