އަރބަންކޯގެ ކަސްޓަމަރ ސާރވިސް ސެންޓަރ "އަރބަން ސެންޓަރ" ހުޅުވައިފި

އަރބަންކޯގެ ކަސްޓަމަރ ސާރވިސް ސެންޓަރ "އަރބަން ސެންޓަރ" ހުޅުވައިފި

Author
އަޒްފާ ރަޝީދު
08 އޮގަސްޓް 2023 08:18
0

އަރބަންކޯގެ ކަސްޓަމަރ ސާރވިސް ސެންޓަރ "އަރބަން ސެންޓަރ" ހުޅުމާލެ ސެންޓްރޯ މޯލްގައި ހުޅުވައިފިއެވެ.

މި ތަން ހުންނާނީ ސެންޓްރޯ މޯލްގެ އެންމެ ތިރީ ފަންގިފިލާފައެވެ. މިތަން ހުޅުވާ ދެއްވީ އަރބަންކޯގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އާތިފެވެ.

އަރބަން ސެންޓަރަކީ އަރބަންކޯގެ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ވީހާވެސް ލުއިފަސޭހަގޮތަކަށް އެއްތަނަކުން ފޯރުކޮށް ދިނުމުގެ ބޭނުމުގައި ހުޅުވިގެންދާ ސެންޓަރެކެވެ. މިއީ ކުންފުނި އިތުރަށް ކުރިއަރާ ފުޅާވަމުން ދާވަރަކަށް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވިގެންދާ ވަރަށް ބޮޑު މަސައްކަތެކެވެ.

މިގޮތުން، އޮންލައިންކޮށް ސާރވިސަސް ބޭނުންކުރުމަށް ދަތިވާ ފަރާތްތަކަށް، އަރބަން ސެންޓަރއަށް ދިއުމުން އަރބަންކޯގެ މުވައްޒަފުން އެފަރާތަކަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި މީގެއިތުރުން، އާރބަންކޯގެ ކަސްޓަމަރުންނަށް އެންމެ ގާތުން ހިދުމަތް ފޯރުކޮށްދޭ މުވައްޒަފުންނަށް މަސައްކަތް ކުރުމަށް ރަނގަޅު ޖާގަ ތަނަވަސް މާހައުލެއްވެސް ފޯރުކޮށްދެވިފައި ވެއެވެ.

މި ފާއިތުވެދިޔަ ފަސް މަސް ތެރޭގައި އަރބަންކޯއިން ވަނީ 52،497 ފޯނުކޯލަށް ޖަވާބު ދީފައެވެ. އަދި 4769 މައްސަލައެއް ހުށަހެޅުނުއިރު އޭގެ %78 މައްސަލަ ވަނީ ހައްލު ކޮށްފައެެވެ.

އަރބަން ސެންޓަރަކީ އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށް އަޅުގަނޑުމެންގެ ހިދުމަތްތައް އެއްތަނަކުން ފަސޭހަގޮތަކަށް ލިބޭނެ ގޮތް ހެދުމަށް ފަރުމާކުރެވިފައިވާ ސެންޓަރެކެވެ.

މި ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންނަށް ބޭނުންވާ ކަންކަން ގާތުންބަލާ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.