އައްޑޫ މަރަދޫ ދާއިރާގެ މެންބަރު ޝަރީފް އެކްސިޑެންޓްވެއްޖެ

އައްޑޫ މަރަދޫ ދާއިރާގެ މެންބަރު ޝަރީފް އެކްސިޑެންޓްވެއްޖެ

Author
މުޙައްމަދު ޖިމީ
07 އޮކްޓޯބަރ 2020 08:56
0

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް އެކްސިޑެންޓްވެއްޖެއެވެ.

މެންބަރު ޝަރީފް ދުއްވަމުން ގެންދެވި ސައިކަލް އެކްސިޑެންޓްވެފައިވަނީ މިއަދު ހަވީރު މެންބަރުގެ ސައިކަލުގެ ފަހަތުގައި ޓެކްސީއެއް ޖެހިގެންނެވެ. ޝަރީފް އެކްސިޑެންވިކަން ހާމަކުރައްވާ ދަރިކަނބަލުން ކުރެއްވި ޓްވީޓެއްގައި ވަނީ ބައްޕާފުލު އެކްސިޑެންޓްވުމުން އެސަރަހައްދުގައި ތިބި ވަރަށް ގިނަބަޔަކު އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.

އެވަގުތު މަގުމަތީގައި ތިބި ވަރަށް ގިނަ ބަޔަކު ބައްޕައަށް އެހީތެރިކަން ފޯރުކޮށްދިން. އެކަމަށްޓަކައި އެހުރިހާ ބޭފުޅުންނަށް ނިހާޔަތަށް ޝުކުރު ދަންނަވަން.

އެކްސިޑެންޓްގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށްފަހު ޝަރީފް މިހާރުވަނީ ގެއަށްވަޑައިގެންފައެވެ. ޝަރީފްގެ ދަރިކަނބަލުން ވިދާޅުވިގޮތުގަައި ޝަރީފަށް ވަނީ ކޮންމެވެސްވަރެއްގެ ސީރިއަސް އަނިޔާތަކެއްވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.