އަމިއްލަ މަޞްލަހަތައްޓަކައި ހަދާ ދޮގު ލިޔުއްވޭހުށީ ހަމަ ދޮގެއްގެ ގޮތުގަ: ޒައިދު

އަމިއްލަ މަޞްލަހަތައްޓަކައި ހަދާ ދޮގު ލިޔުއްވޭހުށީ ހަމަ ދޮގެއްގެ ގޮތުގަ: ޒައިދު

Author
މުޙައްމަދު ޝަޒައިމް
11 ޖުލައި 2023 08:11
0

އަމިއްލަ މަޞްލަހަތަކަށްޓަކައި ހަދާ ދޮގު ލިޔުއްވޭހުށީ ހަމަ ދޮގެއްގެ ގޮތުގައި ކަމަށް ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚު ޒައިދު މިހެން ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމްއެމްޕީއާރުސީގެ ފައިސާ ނެންގެވި ކަމަށް ކުރިން ވިދާޅުވި ނަމަވެސް އެއީ "ހަނގުރާމައިގައި ބޭނުންކުރެއްވި ސްމޯކް ސްކްރީނެއް" ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން ކުރެއްވި ޓުވީޓުގައެވެ.

ޝައިޚު ޒައިދު ވިދާޅުވީ ހަނގުރާމައިގެ ހާލަތުގައިވެސް ހުއްދަ ދޮގަކީ މުސްލިމުންނާއި ކާފިރުންނާއި ދެމެދު ކުރެވޭ ޝަރުޢީ ހަނގުރާމައެއްގެ ތެރޭގައި ކާފިރުންކައިރީ މުސްލިމުންނަށް ފައިދާވާގޮތަށް ހާދާ ދޮގުކަމުގައެވެ. ނަމަވެސް މީހާގެ އަމިއްލަ މަސްލަހަތަށްޓަކައި ހަދާ ދޮގުވާނީ ހަމަ ދޮގަށް ކަމުގައި އަލީ ޒައިދު ވިދާޅުވިއެވެ.

ހަނގުރާމައިގެ ޙާލަތުގައި ހުއްދަ ދޮގަކީ މުސްލިމުންނާއި ކާފިރުންނާއި ދެމެދު ކުރެވޭ ޝަރުޢީ ހަނގުރާމައެއްގެ ތެރޭގައި ކާފިރުންކައިރީ މުސްލިމުންނަށް ފައިދާވާގޮތަށް ހަދާދޮގެއް. އަމިއްލަ މަޞްލަހަތަކަށްޓަކައި ހަދާ ދޮގު ލިޔުއްވޭހުށީ ހަމަ ދޮގެއްގެ ގޮތުގަ. މިއީ ދުރުހެލިވާންޖެހޭ ކަމެއް.

– ޒައިދު ވިދާޅުވިއެވެ.

މިއަދު މެންދުރުފަހު އެއާޕޯޓުން ނުކުމެވަޑައިގެން މާލޭ އެއް ނަންބަރު ޖެޓީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސަށް އޭނާ ކުރިން ކުރި ތުހުމަތުތަކާ ގުޅިގެން ނޫސްވެރިން ސުވާލު ކުރުމުން އަލީ ވަހީދު ވިދާޅުވީ، ރައީސް އެމްއެމްޕީއާރުސީގެ ފައިސާ ނެގި ކަމަށް ބުނި ބުނުމަކީ ދޮގެއް ކަމަށެވެ.

ދެ އަހަރު ފަހުން ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި އަލީ ވަހީދު ވިދާޅުވީ ރައީސް އިބްރާހީމަކީ 35 މިލިއަން ނަގަންޖެހޭ ވަރަށްވުރެ "ލިބޭ ބޭފުޅެއް" ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.