އަލީ ވަހީދުގެ ޖަލު ހުކުމް ބާތިލްކުރީ މާފަށް އެދުމުން: ސުޕްރީމް ކޯޓް

އަލީ ވަހީދުގެ ޖަލު ހުކުމް ބާތިލްކުރީ މާފަށް އެދުމުން: ސުޕްރީމް ކޯޓް

Author
މުޙައްމަދު ޝަޒައިމް
11 ޖުލައި 2023 07:26
0

ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޖަލަށް ލާން ކުރި ހުކުމް ބާތިލްކޮށް މާފުދިނީ އޭނާ މާފަށް އެދި ކޯޓަށް އެކަން އެންގުމުން ކަމަށް ސުޕްރީމް ކޯޓުން ބުނެފިއެވެ.

ޓްއަރިޒަމް މިނިސްޓަރަކަށް ހުންނަވައިގެން މުވައްޒަފުންނަށް ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތު ކުރެވި، އެމައްސަލައިގައި ދައުވާ އުފުލުމުން އަލީ ވަހީދު މިއަދާއި ހަމައަށް ހުންނެވީ އިނގިރޭސިވިލާތުގައެވެ. އޭނާ އިނގިރޭސިވިލާތަށް ފުރައިގެން ދިޔައީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

އަލީ ވަހީދު ޖަލަށް ލާން ހުކުމް ކޮށްފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ގޯނާގެ މައްސަލަތަކާއި ގުޅިގެން ކޯޓަށް ހާޒިރު ނުވުމުން ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ބުނެއެވެ.

މިގޮތުން އޭނާގެ މައްޗަށް 2021 ވަނަ އަހަރު އޮގަސްޓް މަހުގެ 11 ވަނަ ދުވަހު ދެމަހާއި 12 ދުވަހަށް އޭނާ ބަންދުކުރަން ދިވެހިރާއްޖޭގެ ސުޕްރިމް ކޯޓުން ހުކުމް ކުރިއެވެ.

ސުޕްރީމް ކޯޓުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އަލީގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް ބާތިލްކުރީ ޖޫން މަހު ކަމަށެވެ.

އަލީ ވަހީދު މިއަދު ރާއްޖެ ވަޑައިގަންނަވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވާން ނެތްކަމަށް ބުނެ، ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އަލީ ވަހީދުގެ މައްސަލަ އަނބުރާ ގެނައުމުންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.