މީގެ ކުރިން އެކުގައި މަސައްކަތް ކޮށްފައިވާ ދެ ތަރިން ކަމުގައިވާ ކާޖޮލް އާއި ކްރިތީ ސެނޮން އެކުގައި އިތުރު ފިލްމެއްގެ މަސައްކަތް ކުރަން ހަމަޖެހިއްޖެ އެވެ.
މި ދެތަރިން އެކުގަިއ ފެނިގެންދިއައީ 2015 ވަނަ އަހަރުގައި ރޯހިތް ޝެޓީ ގެނެސްދިން ފިލްމް "ދިލްވާލޭ" އިންނެވެ. މިފިލްމް އަކީ ކާޖޮލް އާއި ކްރިތީ އެކުގައި ފެނިގެންދިއަ ފުރަތަމަ ފިލްމްއެވެ. މި ފިލްމްގައި ވަރުން ދަވަން އަދި ޝާހުރުކް ހާންވެސް އެދެތަރިންނާއި އެކުގައި ފެނިގެންދިއައެވެ.
ދެތަރިން އެކުގައި ދެވަނަ ފިލްމްއަކަށް އާނބަސް ބުނެފައިވާއިރުގައި މި ފިލްމް އަކީ ކްރިތީގެ އަމިއްލަ ފިލްމު ކުންފުނި، ބްލޫ ބަޓަފްލައި ފިލްމްސް އާއި ސްކްރީން ރައިޓަރު ކަނިކާ ދިލަންގެ ކާތާ ފިކްޗާސް ގުޅިގެން ގެނެސްދޭ ފިލްމް "ދޯ ޕައްތީ" އެވެ. "ދޯ ޕައްތީ" އާ އެކީ ކަނިކާ ޑައިރެކްޝަނަށް ނުކުންނާނެ އެވެ.
އޭނަ ސްކްރީންޕްލޭ ލިޔުނު ފިލްމުތަކުގެ ތެރޭގައި ޝާހްރުކް ޚާންގެ "ރާ.ވަން" އާއި ތާޕްސީ ޕައްނޫގެ "މަންމަރުޒިޔާ" އާއި ސާރާ އަލީ ޚާންގެ "ކޭދަރުނާތު" އާއި ކަންގަނާ ރަނާވަތުގެ "ޖަޖްމެންޓަލް ހޭ ކިޔާ" ގެ އިތުރުން ތާޕްސީގެ "ހަސީން ދިލްރުބާ" ހިމެނެ އެވެ.
"ދޯ ޕައްތީ" ނެޓްފްލިކްސްއާ ގުޅިގެން ހަދަން ނިންމި އިރު، މީގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ އެވެ. ނަމަވެސް މި ފިލްްމް ޕްރިމިއާ ކުރާ ދުވަހެއް އަދި އިއުލާން ކޮށްފައިއެއް ނުވެއެވެ.
One Response
ޙައްތާވެސް ހިޓް ދޮއްތާ މިހުރީ