ބޮލީވުޑްގެ ޒުވާން އެކްޓަރ ކާތިކް އާރިޔާންގެ ކުރިއަށް އޮތް ފިލްމް "ޗަންދޫ ޗެމްޕިއަން" އިއުލާން ކޮށްފައިވަނީ މި ހަފްތާގެ ކުރީކޮޅުގައިއެވެ. އެއާއި އެކުގައި ފިލްމް އިން ފެނިގެންދާނެ ބަތަލާ އިންނާއި ބެހޭގޮތުން ތަފާތު ވާހަކަ ތަށް ދެކެވެން ފެށުނެެވެ.
އެއާއި އެކުގައި ފިލްމް ގެ ލީޑުން ފެނިގެންދާނީ ބަތަލާ ކެޓްރީނާ ކައިފް ނުވަތަ ރަޝްމީކާ މަންދަނާ ކަމަށް ބުނެ ހަބަރު ފެތުރުނެވެ. ނަމަވެސް އެވާހަކަ ފިލްމް މޭކާއިން ކަށަވަރު ކޮށްދީފައިއެއް ނުވެއެވެ.
ބައެއް މީޑިއާތަކުން ބުނި ގޮތުގައި ފިލްމު އޭނަ އަށް ހުށަހަޅައި އެކަމާ ގުޅޭ ގޮތުން ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ އާއި ޑައިރެކްޓަރު ކަބީރް ޚާން މިހާރު އަންނަނީ މަޝްވަރާކުރަމުންނެވެ. އަދި ޝްރަދާއާ އެކީ އެއްކޮށް އެއްބަސްވުމަކަށް އާދެވުމާ އެކީ އެކަން ވަރަށް އަވަހަށް ރަސްމީކޮށް އިއުލާންކުރާނެ އެވެ. އެހެން ވެއްޖެ ނަމަ މި ފިލްމް ވެގެން ދާނީ އެދެތަރިން އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރަށެވެ.
މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖޫން 14 ގައި އެވެ. މި ފިލްމަކީ ކާތިކް މިދިޔަ އަހަރު ސޮއިކުރި، ޑައިރެކްޓަރު ކަބީރް ޚާންގެ ފިލްމެކެވެ.
"ޗަންދޫ ޗެމްޕިއަން" ގެ ޕްރޮޑިއުސަރަކީ މިދިޔަ ބުރާސްފަތި ދުވަހު ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ކާތިކްގެ "ސަތިއަޕްރޭމް ކީ ކާތާ" ގެ ވެސް ޕްރޮޑިއުސަރު ސާޖިދު ނަޑިއާޑްވާލާ އެވެ.
"ޗަންދޫ ޗެމްޕިއަން" އަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. ފިލްމުން ކާތިކް ފެނިގެންދާނީ ބޮކްސިން ތެޅުންތެރިއެއްގެ ރޯލުންނެވެ. މި ފިލްމާ ގުޅޭ މާގިނަ މައުލޫމާތެއް އަދި މިހާތަނަށް ހާމަކޮށްފައިއެއް ނުވެއެވެ.
"އޭކް ތާ ޓައިގާ" އާއި "ބަޖްރަންގީ ބައިޖާން" ފަދަ ކާމިޔާބު ފިލްމުތައް ޑާއިރެކްޓް ކޮށްދިން ކަބީރް ޚާންގެ އެންމެ ފަހުގެ ފިލްމަކީ ރަންވީރު ސިންގާއެކު 2021 ގައި ގެނެސްދިން ކްރިކެޓް ފިލްމު "83″ އެވެ.
ކޮމެންޓު ފޮނުވާ