ލޯންޗެއްގެ ބެޓެރި ގޮވައި ބަޔަކަށް އަނިޔާވެއްޖެ

ލޯންޗެއްގެ ބެޓެރި ގޮވައި ބަޔަކަށް އަނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
05 ޖުލައި 2023 07:14
0

ރ. އަތޮޅު އުނގޫފާރުން މާލެއަށް ދަތުރުކުރި ލޯންޗެއްގެ ބެޓެރި ގޮވައި ބަޔަކަށް އަނިޔާވެއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ ބެޓެރި ގޮވި ވަގުތު ލޯންޗުގައި 39 މީހުން ތިބި ކަމަށެވެ. އަދި ހަ މީހަކަށް އަނިޔާވެފައިވާތީ އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކްރިސްޓަލް ނަމަކަށް ކިޔާ މި ލޯންޗް މިވަގުތު އޮތީ އެރިއަދޫ ރިސޯޓުގައި މަޑުކޮށްގެން ކަމަށްވެސް ސިފައިންގެއިން ބުނެއެވެ.

މިކަމާ ގުޅޭ ވީޑިއޯއެއް އާންމުވެފައިވާއިރު ވީޑިއޯ އިން ފެންނަނީ ޒަހަމްވި ބައެއް މީހުންގެ ފައިތިލައާއި ކަށިމަތި ވަރަށް ބޮޑަށް ފިހިފައިވާ މަންޒަރެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.