ކައިވެނި ކުރާ ވަރަށް ވުރެ ކުޑަ: އަނަންނިޔާ

ކައިވެނި ކުރާ ވަރަށް ވުރެ ކުޑަ: އަނަންނިޔާ

Author
ފާތިމަތު ނާވީ
04 ޖުލައި 2023 07:05
0

ކައިވެނި ކުރުމާއި މެދުގައި އަދި ނުވިސްނާ ކަމަށާއި އަދި ކައިވެންޏެއް ކުރާ ވަރަށް ވުރެ ކުޑަ ކަމަށް 2019 ވަނަ އަހަރު ރިލީޒް ކުރި ފިލްމް "ސްޓޫޑަންޓް އޮފްދަ އިޔާ" އިން ބޮލީވުޑްއަށް ތައާރަފްވީ ޒުވާން ބަތަލާ އަނަންނިޔާ ޕާންޑޭ ބުނެފިއެވެ.

އަނަންޔާ ކައިވެންޏާ ބެހޭ ގޮތުން ވާހަކަ ދައްކާފައިމިވަނީ އޭނާ އާއި އުމުރުން 36 އަހަރުގެ އެކްޓަރު އަދިތުޔާ ރައްޓެހިވެގެން އުޅޭ ކަމަށް ބުނެ މީޑީއާގައި އަޑުފެތުރިފައިވަނިކޮށެވެ. އެދެމީހުން އެކުގައި ފެޝަން ޝޯވ ތަކާއި ބޭރު ގައުމުތަކުން ވެސް ވަނީ ފެނިފައިއެވެ.

ނަމަވެސް މި ގުޅުމާއި މެދުގައި ދެމީހުން ކުރެ އެކަކުވެސް މިހާތަނަށް ވާހަކަ ދައްކައިފައިއެއް ނުވެއެވެ. އަނަންނިޔާ އަށް ވުރެ 12 އަހަރުގެ ދޮށީ އަދިއްތިޔާ އާއި ރައްޓެހި ވުމުގެ ކުރިން އޭނާ ވަނީ އެކްޓަރު ޝާހިދު ކަޕޫރު ގެ ކޮއްކޮ އިޝާން ކައްޓަރު އާއި ލޯބީގެ ގޮތުން ގުޅިގެން އުޅެފައިއެވެ.

އެދެމީހުންގެ ލޯބީގެ ގުޅުން ފެށިފައި ވަނީ ދެމީހުން އެކުގައި ކުޅުނު ފިލްމް "ކާލީ ޕިއްލީ" ގެ ޝޫޓިންގެ ތެރެއިންނެވެ. ފިލްމް ފްލޮޕް ވި ކަމުގައިވިޔަސް އެމީހުންގެ ލޯބި ދިއައީ ދުވަހެއް ދުވަހަކަށް ގަދަ ވަމުންން ހިޓުވަމުންނެވެ. އެގޮތުން ދެމީހުން އެކުގައި ޗުއްޓީ ތަކުގައި ގައުމުން ބޭރުގައި ހޭދަކުރުމާއި، އެކަކު އަނެއްކަކުގެ ގެއަށް ދިއުމާއި އެކުގައި ވަގުތު ހޭދަ ކުރުން ހިމެނެއެވެ.

ނަމަވެސް 3 އަހަރެއްހައި ދުވަހުގެ އެގުޅުން ނިމުމަކަށް އައީ ވައިބް ދިމާ ނުވާކަމަށް ބުނެއެވެ. އަނަންނިޔާ އަކީ ބޮލީވުޑް އަށް ތައާރަފްވީންސުރެ ވެސް އަބަދުވެސް ކޮންމެސް މީހަކާއި ލޯބީގެ ގުޅުން އޮންނަ ކަމަށް އަޑު އަރައި ތަރިއެކެވެ.

ލޯބީގެ ހަޔާތް ކިތަންމެ އުޖާލާ ނަމަވެސް އަނަންނިޔާގެ ފިލްމީ ހަޔާތް މިހާތަނަށް އަދި ފެނިގެންދަނީ ވަރަށް ފަނޑުކޮންނެވެ. އޭނާގެ ކުރިއަށް އޮތް ފިލްމް އަކީ "ޑްރީމާ ގާލް 2″ އެވެ. މި ފިލްމް ގައި އަނަންނިޔާ ފެނިގެންދާނީ އަޔުޝްމާން ކުރާނާ އާއި އެކުގައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.