މީރާގެ ޑެޕިއުޓީ ކޮމިޝަނަރަކަށް ތިން ނަމެއް މަޖިލީހަށް

މީރާގެ ޑެޕިއުޓީ ކޮމިޝަނަރަކަށް ތިން ނަމެއް މަޖިލީހަށް

Author
އަހުމަދު
05 އޮކްޓޯބަރ 2026 07:49
0

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ ހުސް މަގާމަށް ބޭފުޅަކު ހޮވުމަށް ތިން ނަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

މި މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ފާތިމަތު އަމީޒާ ޓެކްސް ކޮމިޝަނާ ޖެނެރަލްގެ މަގާމަށް އައްޔަންކުރެއްވުމުންނެވެ. މަގާމަށް އާންމުކޮށް އިއުލާނުކޮށް، ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ސ. ހުޅުދޫ ބަގީޗާގެ އަހުމަދު ޝަފްނީޒު، ވ. މިއަރެސް އަހުމަދު މައުސޫމް އަދި ކ. ދިއްފުށި ކަނޑުގަސްދޮށުގެ މަރިޔަމް ޖައިދާގެ ނަންތަކެވެ.

މި ތިން ބޭފުޅުންގެ ތެރެއިން މަޖިލީހަށް ފެންނަ ބޭފުޅަކު އެ މަގާމަށް ކަނޑައެޅުމަށްޓަކައި، މި މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިގްތިސާދީ ކޮމެޓީއަށް ފޮނުވައިފި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.