ފިރިމީހާ ގެއްލިގެން ދީޕިކާ ޕަދްކޯން ފުލުހުންނަށް މައްސަލަ ރިޕޯޓްކުރާ ތަން ދައްކުވައިދޭ 'ގޮތް ނޭގޭ' ވީޑިއޯއެއް އާންމުކޮށްފިއެވެ.
މި ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައި ވަނީ ދީޕިކާ ފިރިމީހާ ރަންވީރު ސިންގްއެވެ. 'ކަމިންގ ސޫން' ކަމަށް ބުނެ ދައްކާ މި ވީޑިއޯ ކޮޅަކީ ކޮންކަހަލަ ޕްރޮޖެކްޓެއް ކަމެއް އަދި ނޭގެއެވެ.
މި 'ގޮތް ނޭނގޭ" ވީޑީއޯ އިން ރަންވީރު އާއި ދީޕިކާ ގެ އިތުރުން ސައިތުގެ މަޝްހޫރު ދެތަރިން ކަމުގައިވާ "އާރްއާރްއާރް" އެ އެކްޓަރު ރާމް ޗަރަން އާއި ބަތަލާ ތްރިޝާ ފެނިގެންދެ އެވެ. މި ވީޑިއޯގެ ހަގީގަތެއް އަދި ނޭގެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިއީ އިންޑިއާގެ ކުށުގެ ވެއްޓަށް ބިނާކޮށް ހަދާ ވެބް ސީރީޒެއް ނުވަތަ ޓީވީ ޝޯއެއްގެ ޕްރޮމޯޝަނަލް ވީޑީއޯއަކަށް ވެދާނެކަމަށް ވެއެވެ. ކޮންމެ އަކަށް މިކަމާއި ބެހޭ އިތުރު ތަފްސީލު ތަށް ކުރިއަށް އޮތް ތަނުގައި ލިބެމުން ދާނެކަމަށް ބަލަމާ ހިނގާށެވެ.
މީ ކިހިނެއް ވާ ކަމެއްތޯ ބެލުމުގެ ޝައުގު ގިނަ ބަޔަކު އަންނަނީ ފާޅު ކުރަމުންނެވެ. ބޮލީވުޑްއަށް ގިނަ ހިޓު ފިލްމް ތަކެއް ދީފައިވާ މި ދެމަފިރިން އެކުގައި ކުޅޭފައިވާ ފިލްމް ތަކުގެ ތެރޭގައި "ރާމް-ލީލާ"، "ބަޖިރާއޯ މަސްތާނީ"، "ޕަދުމާވަތު" އަދި "83″ ހިމެނެ އެވެ.
ކޮމެންޓު ފޮނުވާ