އިންޑިއާގެ ކުރީގެ މަޝްހޫރު ބަތަލާ ރަވީނާ ޓަންޑަން ގެ ދަރިފުޅު ރަޝާ ތަޑާނީ ބޮލީވުޑަށް ތައާރަފުކުރަން ހަމަޖެހިފައިވާ ފިލްމަށް ތާރީހެއް ހަމަޖައްސައިފި އެވެ.
އެގޮތުން މި ފިލްމް ރިލީޒް ކުރުމަށް ހަމަ ޖެހިފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ 9 ގަ އެވެ. ފިލްމް ރިލީޒް ކުރާ ދުވަސް އިއުލާން ކުރި ނަަމަވެސް ފިލްމްގެ ނަމެއް އަދިވެސް އިއުލާނެއް ނުކުރެއެވެ.
ބޮޑު ބަޖެޓަކުން ހަދާ މި ފިލްމް އަކީ އެކްޝަން އެޑްވެންޗާއެކެވެ. މިހާރު އާންމު ގޮތެއްގައި ބޮލީވުޑްގެ ފިލްމް ތަކަކީ ވަރަށް ބޮޑު ބަޖެޓުން ހަދާ ފިލްމް ތަކެވެ. އެހެން ކަމުން ފިލްމް އާއި މެދުގައި ވެސް ކުރެވޭ އުންމީދު ވަރަށް ބޮޑެވެ.
ރަޝާ ގެ އިތުރުން މި ފިލްމް އަކީ އަޖޭ އަށް ބޮޑޫބޭބެ ކިޔާ އަމަން ގާންދީ ދޭވްގަން ވެސް ބޮލީވުޑްއަށް ތައާރަފްވާ ފިލްމްއެވެ. އޭގެ އިތުރުން މި ފިލްމްގެ ކާސްޓުގައ އަޖޭވެސް ހިމެނެއެވެ. އަދި ދާދި ފަހުން މި ފިލްމް އިން އިތުރު ތަރިއަކު ބޮލީވުޑް އަށް ތައާރަފް ވާނެ ކަމުގެ ހަބަރުތަކެއްވެސް ވަނީ އިވިފައިއެވެ.
އެއީ ޑްރާމާ ސިލްސިލާ ތަކުން މަގުބޫލު ކަން ހޯދައިފައިވާ އެކްޓަރު މޯހިތު މަލިކްއެވެ. އޭނާ މި ފިލްމްގައި ފެނިގެންދާނީ ވަރަށް ތަފާތު ރޯލަކުން ކަަމަށް ހަބަރުތަށް އަންނަނީ ބުނަމުންނެވެ.
ފިލްމީ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ފިލްމް އަކީ މިދިޔަ އަހަރު އަޔޫޝްމަން ކްރާނާ އާއި ވާނީ ކަޕޫރްގެ "ޗަންދީގަޅް ކަރޭ އާޝިގީ" ގެނެސްދިން ޑައިރެކްޓަރު އަބީޝެކްގެ ކަޕޫރްގެ ފިލްމެކެވެ.
މި ފިލްްމް އަކީ ވަރަށް ބޮޑު ބަޖެޓަކުން އަދި އެހާމެ ގްރޭންޑް ކޮށް ހަދަން ނިންމައިފައިވާ ފިލްމްއެކެވެ. މި ފިލްމު ޕްރޮޑިއުސްކުރަނީ އަބީޝެކާއި ރޯނީ ސްކްރޫވާލާ ގުޅިގެންނެވެ.
ކޮމެންޓު ފޮނުވާ