ބޮލީވުޑްގެ 'އައިޓަމް ގާލް' ގެ ގޮތުގައި ބެލުންތެރިންގެ މެދުގައި މަޝްހޫރު ކަން ހޯދައިފައިވާ ޒުވާން ތަރި ނޯތާ ފަތޭހީ އޭނާގެ ފުރަތަމަ ސޯލޯ ލަވަ ވީޑިއޯއާ އެކީ އާންމުކޮށްފި އެވެ.
"ސެކްސީ އިން މައި ޑްރެސް" ގެ ނަން ދީފައިވާ މި ލަވައިގައި ނޯރާ ފެނިގެންދަނީ ވަރަށް ވެސް ޗާލުކޮންނެވެ. މީގެ އިތުރުން މި ލަވައިގައި ވެސް އޭނާގެ ކުޅަދާނަ ނެށުން ތަށް ފެނިގެންދެއެވެ.
މި ލަވަ އަކީ ލަވަ ކިޔައި، އޭގެ ވީޑިއޯ ކުޅުމުގެ އިތުރަށް ނޯރާ އަމިއްލަ އަށް ޕްރޮޑިއުސް ވެސް ކޮށްފައިވާ އެއްޗެކެވެ. މިދިއަ އަހަރުގެ ވޯލްޑްކަޕް ގެ އޮފިޝްލް ލަވައިގައިވެސް ބައިވެރިވި ނޯރާގެ މި ލަވަ ޔޫޓިއުބް އިން ބަލާލެވޭނެއެވެ.
ނޯރާގެ މަޝްހުރު ލަވަ ތަކުގެ ތެރޭގައި "އޮ ސާކީ ސާކީ"، "ގަރުމީ"، "ކުސޫ ކުސޫ"، "އޭކް ތޮ ކަމް ޒިންދަގާނީ"، "ކަމަރިއާ" އަދި "މަނިކެ" ފަދަ ބެލުންތެރިންގެ މެދުގައި މަގުބޫލު ލަވަތަށް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ