އާމިރުގެ ފިލްމު ކުޅޭނެ އެކްޓަރަކު ވެއްޖެ

އާމިރުގެ ފިލްމު ކުޅޭނެ އެކްޓަރަކު ވެއްޖެ

Author
ފާތިމަތު ނާވީ
29 ޖޫން 2023 02:21
0

ބޮލީވުޑްގެ ޕާފެކްޝަނިސްޓްގެ ގޮތުގައި މަޝްހޫރު އެކްޓަރު އާމިރު ހާން ޕްރޮޑުސް ކުރާ ފިލްމް "ޗެމްޕިއަންސް" ގެ ހިންދީ ރިމޭކް ކުޅެން ފަރުހާން އަޚްތަރު އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމް އަކީ އާމިރު ކުޅެން ނިންމި ފިލްމްއެކެވެ. ނަމަވެސް އޭނާ ފިލްމް ނުކުޅެ އޭގެ ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރަން ނިންމީ ފިލްމީ ދާއިރާއިން ބްރޭކެއް ނެގުމާއި ގުޅިގެންނެވެ. ފިލްމީ ދާއިރާއިން އޭނާ ދޮޅުއަހަރެއްގައި ބްރޭކެއް ނެގުމުގެ އަސްލު ސަބަބީ އޭނާގެ އެންމެ ފަހުގެ ފިލްމް "ލާލް ސިންގ ޗައްޑާ" ފްލޮޕް ވުމެވެ. އެކަމާއި އާމިރު ހީ ހިތް ހަލާކު ވެފައިއެވެ. އަދި އޭނާ ދެން އެނބުރި އަންނަން ބޭނުންވަނީ ވަރަށް ވަރުގަދަ ބެލުންތެރިން ބަލައިގަންނަ ކަހަލަ ފިލްމްއަކުންނެވެ.

 

View this post on Instagram

 

A post shared by Aamir Khan (@amirkhanactor_)

މި ފިލްމް އާމިރު ނުކުޅެން ނިންމައި ސަލްމާން ޚާނަށް ހުށަހެޅި އެވެ. އެކަމަކު އޭނަ ތާރީހުގެ ފުށުންއެރިތަކާ ހެދި "ޗެމްޕިއަންސް" ދޫކޮށްލުމުން ރަންބީރް ކަޕޫރަށް ފިލްމު ހުށަހެޅިކަމުގައި ވެއެވެ. ނަމަވެސް ރަންބީރަށްވެސް ފިލްމް ކުޅެވެން ނެތުމުން ރިތިކް ރޯޝަން އަށްވެސް މި ފިލްމް ހުށައެޅި ކަމަށް އަޑުއެރިއެވެ.

ކޮންމެއަކަށް އެންމެ ފަހުން އާމިރު ގެ ފިލްމް ކުޅޭނެ ތަރިއަކު މިވަނީ ލިބިފައިއެވެ. އެގޮތުން މި ފިލްމް ކުޅެން އެއްބަސް ވެފައި މިވަނީ އެކްޓަރު ފަރްހާން އަހްތަރުއެވެ. ފާހަގަ ކޮއްލެވޭ ކަމަކީ މީގެ ކުރިންވެސް މިދެމީހުން އެކުގައި މަސައްކަތް ކޮށްފައި ވުމެވެ.

 

View this post on Instagram

 

A post shared by Farhan Akhtar (@faroutakhtar)

އެގޮތުން ފަރްހާން ގެ ފުރަތަމަ ޑައިރެކްޝަން  "ދިލް ޗާތާ ހޭ" ގެ މުހިންމު ރޯލަކުން އާމިރު ފެނިގެންދިއުމެވެ. މި ފިލްމް އަކީ ހުދު ފަރްހާންވެސް މުހިއްމު ރޯލެއް ކުޅުނު ފިލްްމްއެކެވެ.

2001 ވަަނަ އަހަރުގެ އެ ފިލްމް އަކީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި ފިލްމްއެކެވެ. ރޯޑް ޓްރިޕްއެއްގެ މައްޗަށްބިނާކޮށް ހަދައިފައިވާ މި ފިލްމް އިން ތިން ރަހުމަތްތެރިންގެ މެދުގެ ގުޅުން ވަރަށް ބޮޑަށް ވަނީ ދައްކުވައިދީފައިއެވެ.

ވަކި ނަމެއް ދީފައި ނުވާ މި ފިލްމަކީ ސްޕެއިންގެ ފިލްމެއް ކަމަށްވާ 2018 ގެ "ޗެމްޕިއަންސް" ގެ ހިންދީ ރީމެކެެއް ކަމަށްވެއެވެ. ފިލްމްގައި ދައްކުވައިދެނީ ނުކުޅެދޭ ބާސްކެޓް ކުޅުންތެރިންތަކެއް ގޮވައިގެން ކޯޗަކު ހޯދާ ކާމިޔާބީއެވެ. މި ފިލްމް ވެގެން ގޮސްފައިވަނީ ވަރަށް މަގުބޫލު ފިލްމެކެވެ. މީގެ ހިންދީ ފިލްމް ޑައިރެކްޓަރަކީ އާރްއެސް ޕްރަސައްނާއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.