އީދުގެ އުފާ ފާޅުކުރަން ވާނީ ﷲ ކަނޑަޅުއްވާފައިވާ އިމުގެ ތެރޭގައި: ޚުޡުބާ

އީދުގެ އުފާ ފާޅުކުރަން ވާނީ ﷲ ކަނޑަޅުއްވާފައިވާ އިމުގެ ތެރޭގައި: ޚުޡުބާ

Author
ހުސެއިން
28 ޖޫން 2023 09:20
0

ކޮންމެ އީދަކީވެސް އުފާ ފާޅުކުރުމުގެ ދުވަސް ކަމަށާއި، އެހެންނަމަވެސް އީދުގެ އުފާ ފާޅު ކުރަންވާނީ ﷲ ކަނޑައަޅުއްވާފައިވާ އިމުގެ ތެރޭގައި ކަމުގައި މިއަދު އީދު ޚުޡުބާގައި ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަ ކުރަމުންދާ އަޟުހާ އީދުގެ އީދު ނަމާދަށްފަހު ދިން ޚުޡުބާގައި ވިދާޅުވެފައިވަނީ، ކުޅިވަރު ކުޅުމާއި އުފާ ކުރުމާއި، ކެއިންބުއިމަކީ އީދުގެ އުފަލެއް ކަމުގައެވެ. އަދި ޚުޡުބާގައި ވިދާޅުވީ މުސްލިމުން އީދު ފާހަގަ ކުރާންވާނީ އެހެން މީހުން އީދު ފާހަގަ ކުރާގޮތް ކޮޕީ ކޮށްގެން ނޫން ކަމުގައެވެ.

މާތް ﷲގެ އަޅުތަކުންނެވެ! އީދު ދުވަސްތައް އުފާވެރި ބާއްޖަވެރި ދުވަސްތަކެއް ކަމުގައި ހަދާށެވެ! އެކަކު އަނެކަކަށް ހިތްހެޔޮ ކުރުމުގެ ދުވަސްތަކަކަށް ހަދާށެވެ! އެކަކު އަނެކަކަށް އަޅައިލާ ދުވަސްތަކަކަށް ހަދާށެވެ! އެއްބަޔަލު އަނެއް ބަޔަކާއި އަތްޖޯޑުކޮށް، ސަމާލްގަލާން ކުރާ ދުވަސްތަކަކަށް ހަދާށެވެ! ހެޔޮކަންތަކާއި ތަޤުވާވެރިކަމުގައި އެއްބާރުލާށެވެ! ރަޙިމުގެ ގުޅުން ދަމަހައްޓާށެވެ! ޔަތީމުންނަށް ރަޙުމް ކުރާށެވެ! އިސްލާމް ދީނުގައި މަތިވެރި އަޚްލާޤުން ޒީނަތްތެރިވެފައިވާ ބަޔަކަށް ހަދާށެވެ!

މިއަދު އީދު ޚުޓުބާގައި ވިދާޅުވިއެވެ.

މިއަދު ޚުޡުބާގައި ވިދާޅުވި ގޮތުގައި ޢީދު ދުވަހަކީ ގުރުބާން ކުރުމުގެ ދުވަސްކަމުގައެވެ. އަދި އެ ދުވަހަކީ މާތް ﷲގެ ދެ ރަސޫލުބޭކަލުން ކަމުގައިވާ އިބުރާހިމްގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާއިލްގެފާނަށް މާތްﷲ އިނާމް ދެއްވި ދުވަސްކަމުގައެވެ. އަދި އެއީ އެ ދެބަފައިކަލުންނާ މާތްﷲ ކުރިމަތިކުރެއްވި ބޮޑު އިމްތުހާނުން ފާސްވެވަޑައިގަތުމުގެ އިމާން ކަމުގައެވެ.

މުސްލިމް އަޚުންނާއި އުޚުތުންނޭވެ! އިސްމާއިލްގެފާނު ދެއްކެވި ކިޔަމަންތެރިކަމަކީ މިއަދުގެ ޒުވާނުންނަނަށް ލިބިގެންވާ ހެޔޮ ނަމޫނާއެކެވެ. ދަރީން މައިބަފައިންނަށް ކިޔަމަންގަންނަންޖެހޭ މިންވަރުގެ ދިރިހުރި މިސާލެކެވެ. އަހަރެމެން އުޟުޙިޔާ ކަތިލާ ހިނދު އަހަރެމެން ހަނދާނަށް ގެނެސްދީ، މިމަތިވެރި ޒިކުރާތަކެވެ.

މިއަދުގެ ޚުޡުބާގައި ވިދާޅުވީ މިއަދު ޢީދު ފާހަގަކުރާއިރު އިބުރާހިމްގެ ފާނާއި އިސްމާއީލްގެފާނުގެ ގުރުބާނީން ދަރުސްތަކެއް ލިބިގަންނަންޖެހޭ ކަމުގައެވެ. އަދި އެއީ ﷲގެ ވަޖުހުފުޅަށްޓަކާ ހޭދަކުރުމުގެ ދަރުސްކަމުގައާއި، އެއީ ﷲ ވަޖުހުފުޅަށްޓަކާ ކެތްތެރިވުމުގެ ދަރުސްކަމުގައިވެސް މިއަދުގެ ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.