ޗާންދަނީ މަގުގައި ހަދަމުންދާ އިމާރާތެއްގެ މަތިން 50 ކިލޯގެ ހިލަ ބަސްތާއެއް މަގުމައްޗަށް ވެއްޓުނު ނަމަވެސް، މީހަކަށް އަނިޔާއެއް ނުވެއެވެ.
ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ބަސްތާ ވެއްޓުނީ ކުރީގައި ހަބީބް ބޭންކު ހުރި ބިމުގައި ހަދަމުންދާ ބީސީސީގެ އާ އޮފީސް އިމާރާތުގެ މަތިންނެވެ.
ބަސްތާ ބިމުގައި ޖެހުނީ ސައިކަލެއްގައި ދިޔަ އަންހެނަކު އެ ސަރަހައްދު ހުރަސްކުރިތާ ސިކުންތުކޮޅެއްގެ ތެރޭގައެވެ. އަދި ބަސްތާ ވެއްޓުނީ އޭނާގެ ފަހަތުން ސައިކަލެއްގައި ދިޔަ ފިރިހެނެއްގެ ކުރިމައްޗަށެވެ.
ހާދިސާއާ ގުޅިގެން އިމާރާތުގެ މަސައްކަތުގައި ތިބި މީހުން ވަގުތުން ބަސްތާ ނަގައި މަގު ސާފުކުރިއެވެ. މިކަމާ ބެހޭގޮތުން ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި ބަޔާނެއް ނެރެފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ