ބޭރުގައި ހިފެހެއްޓި ދެ ދިވެހި ޕައިލެޓުން ރާއްޖެ އަތުވެއްޖެ

ބޭރުގައި ހިފެހެއްޓި ދެ ދިވެހި ޕައިލެޓުން ރާއްޖެ އަތުވެއްޖެ

Author
އަހުމަދު
17 އޮކްޓޯބަރ 2026 04:02
0

 

ފްލައިދުބާއީގެ ފްލައިޓެއް ހައިޖެކްކުރަން އުޅުނު ކަމުގެ ތުހުމަތުގައި ބޭރުގައި ހިފެހެއްޓި ދެ ދިވެހި ޕައިލެޓުން ރާއްޖެއަށް އެނބުރި އައުމުން، ފުލުހުން އެ ދެ މީހުންނާ ސުވާލުކުރުމަށްފަހު ރޭ އާއިލާތަކާ ހަވާލުކޮށްފި އެވެ.

އެ ދެ ޕައިލެޓުން ރާއްޖެ އައީ އިއްޔެ މެންދުރުފަހު އެވެ. ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިޔާމް ބުނީ، އެ މީހުން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކުރި ނަމަވެސް، އެމީހުންނާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.

ބޭރުގެ މީޑިއާތަކުގައި ބުނާ ގޮތުގައި، ހައްޔަރުކުރިތާ ގިނަ ދުވަސްތަކެއްވަންދެން މި ދެ މީހުންގެ ހަބަރެއް ނުލިބުނު އިރު، އެމީހުން ބަންދުގައި ތިބިކަން އާއިލާތަކަށް އެނގުނީ ދިވެހި އެމްބަސީގެ ތެރެއިންނެވެ.

ދުބާއީން އިސްރާއީލަށް ދަތުރުކުރި އެ ފްލައިޓުގައި 170 އަށްވުރެ ގިނަ ފަސިންޖަރުން ތިބެ އެވެ. ދަތުރުގެ ތެރޭގައި ކޯޕައިލެޓް ކެޕްޓަނަށް ހަމަލާދިނުމުން ބޯޓު 17،000 ފޫޓު ތިރިއަށް ވެއްޓުނު ނަމަވެސް، ފަސިންޖަރުންގެ އެހީގައި ކޯޕައިލެޓް ހުއްޓުވުމަށްފަހު، ބޯޓުގައި ތިބި އިތުރު ދެ ޕައިލެޓުން ބޯޓު ސަލާމަތުން ސައުދީ އަރަބިއްޔާއަށް ޖައްސާލި އެވެ.

ހަމަލާގައި އަނިޔާވި، އިންޑިއާގެ ރައްޔިތެއް ކަމަށްވާ ކެޕްޓަން ސްމިތު މަޗްހަރު މިހާރު ވަނީ އަބޫދާބީއަށް ބަދަލުކޮށްފަ އެވެ. އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ރިޕޯޓުތަކުގައި ބުނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.