އެމްޑީޕީގެ މެމްބަރުން މިއަދު ކުރާން އޮތް ކަމަކީ އެކީއެކަށް އެއްބާރުލާ ނިކުމެ ޕާޓީގެ ރިޔާސީ ދެވަނަ ދައުރު ކާމިޔާބު ކުރުންކަމުގައި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީއަށް 18 އަހަރު ފުރުމުގެ މުނާސަބަތުގައި އެމްޑީޕީގެ އާންމު މެމްބަރުންނާ މުޚާޡަބުކޮށް ދެއްވި ޚިޡާބެެއްގައި ފައްޔާޒު ވިދާޅުވީ ރާއްޖެ ފާއިތުވި 5 އަހަރު ހޯދި ކާމިޔާބީއާއި ކުރިއެރުން ދެމެހެއްޓޭނޭ ހަމައެކަނި ގޮތަކީ ޕާޓީއަށް ދެވަނަ ދަައުރެއް ކާމިޔާބު ކުރެއްވުން ކަމަށާއި، ސެޕްޓެމްބަރު 9 ވަނަ ދުވަހަކީ ރާއްޖޭގެ އުތުރާއި ދެކުނާއި މެދުރާޖެއާއެކު ރާއްޖޭގެ ހުރިހާ ރަށަކަށް ފަހިވާން އޮތް އުފާވެރި ދިރިއުޅުމުގައި ހެޔޮ ފާހަގަ ޖަހާ ދުވަސް ކަމުގައެވެ.
މިއަދު އެމްޑީޕީގެ މެމްބަރުން ކުރަން އޮތް ކަމަކީ އެކީއެކަށް އެއްބާރުލާ ނުކުމެ މިޕާޓީގެ ރިޔާސީ ދެވަނަ ދައުރު ކާމިޔާބު ކުރުން. ފާއިތުވި 5 އަހަރު ހޯދުނު ކާމިޔާބީ ޒަމާންތަކަށް ދެމެހެއްޓޭނޭ ގޮތަކީ އެއީ. ހިނގަމުން ނިންމަމުންދާ މަޝްރޫޢުތައް ދެމެހެއްޓެނިވި ކުރެވޭނޭ ހަމައެކަނި މަގަކީވެސް އެއީ. އަމިއްލަ ރަށުގައި އާއިލާއާއެކު ރަގަޅު އާމްދަނީ ލިބޭނޭ މަގަށް ހުޅުވޭ ބޮޑު ދޮރޯށިން ވަދެވޭނެ ދުވަހަކީ އަންނަ ސެޕްޓެމްބަރު 9ގައި ތިލަފަތަށް ލާވޯޓު.
ފައްޔާޒުގެ ޚިޡާބުގައި ވިދާޅުވިއެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ ސެޕްޓެމްބަރ 9 ވަނަ ދުވަހަކީ ރާއްޖޭގެ އިގުތުސާދު ގުނަކޮށް، ތަނަވަސްކަން ތިމާއާއި ގާތްކޮށްލަން ފުރުސަތު ލިބޭ ދުވަސް ކަމަށާއި، އެދުވަހަކީ ހަމަޖެހޭ އުފާވެރި އާ ހަޔާތަކަށް ފަށައިގަންނަ ދުވަސް ކަމުގައެވެ.
2 Responses
ނުދޭނަން ދަރަނި ބޮލަށް ވޯޓް.ވަގުންގެ ރައީސަށް ނުދޭނަން ވޯޓް.އިބޫ ޗޯރަށް ނުދޭނަން ވޯޓް.
އިމްޕޮސިބަލް ފައްޔާޒުމެން ސިޔާމީހުންނައް އެކަންޏެއްނޫން ކަަންކަން ކުރަން ދަތިކޮށްފަހުރީކީ ސިިޔާސީ މަސައްކަތުގަ ނޫޅޭ އާއްމު ފަރުދުންނައްވެސް ހޭހަދާލާފަ ތިތިބެނީ އެކަހަލަ ކިތައްމީހުން އުޅޭނެބާ މީގެ ކޮންމެ މީހެއްގެ އާއިލާޔައްވެސް ނިކަމެތިކަންލިބޭ މަށަކީވެސް އާއްމު ފަރުދެއް އެކަމަކު ސަރުކާރުން އުސޫލުގެދަށުން ކަމެއް ނުކޮށްދޭ އަދި ދާންވީ ވަކިމީހެއްގާތު ސަލާންޖަހަން. ވަރައްވުރެއް ބޮޑާވެ ކިބުރުވެރިވީމަ ވާނީތިޔަހެން ތިޔަ އެމްޑީފީ ބަލިވާނެ ހުރިހާކަމެއް ކުރާނަން