ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުމުން ޤާސިމް، ނަޝީދަށް މަރުހަބާ ދަންނަވައިފި

ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުމުން ޤާސިމް، ނަޝީދަށް މަރުހަބާ ދަންނަވައިފި

Author
މުޙައްމަދު ޝަޒައިމް
25 ޖޫން 2023 02:34
0

ރައީސް ނަޝީދު އިސްކޮށް ހުންވައިގެން އުފެއްދެވުމަށް މަސައްކަތް ކުރައްވާ ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ދޭން އިލެކްޝަންސް ކޮމިޝަނުން ނިންމުމުން، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމް ރައީސް ނަޝީދަށް މަރުހަބާ ދަންނަވައިފިއެވެ.

"ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ސިޔާސީ ޕާޓީ ރަޖިސްޓްރީކުރުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އަންނަ މަހުގެ ދެވަނަ ދުވަހު ޕާޓީއަށް ދޭން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އިލެކްޝަންގެ މިނިންމުމާއި ގުޅޭގޮތުން ޤާސިމް ވިދާޅުވީ ދަ ޑިމޮކްރަޓްސް އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކަމިޝަނުން މިއަދު ހުއްދަ ދެއްވުމާ ގުޅިގެން ރައީސް މުހައްމަދު ނަޝީދަށާއި، ދި ޑިމޮކްރެޓްސް އުފެއްދެވުމުގައި އުޅުއްވާ އެންމެހާ ބޭފުޅުންނަށާއި، ރާއްޖޭގެ އިޞްލާޙަށާއި ޑިމޮކްރަސީ އާއި ހެޔޮވެރިކަމަށްޓަކައި މަސައްކަތް ކުރައްވާ އެންމެހާ ފަރާތްތަކަށް މަރުޙަބާ ދަންނަވާކަމަށެވެ.

އަދި މިހުއްދަ ދެއްވުމަކީ އިލްކްޝަންސް ކޮމިޝަނުން ޤާނޫނީ ވާޖިބު އަދާކުރެއްވުމުގައި ކުރިއަށް އެޅުއްވި ހަރުދަނާ ފިޔަވަޅެއް ކަމުގައި ދެކި، ކޮމިޝަނުގެ ވެރިންނަށްވެސް ޤާސިމް ވަނީ މަރުހަބާ ދަންނަވާފައެވެ.

މިދިޔަ މަހު 24 ގައި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުމާއެކު އެ ޕާޓީ ރަޖިސްޓްރީ ކުރަން 3،560 ފޯމު މި މަހުގެ ފުރަތަމަ ދުވަހު އީސީއަށް ހުށަހެޅި އެވެ. އީސީން ކުރިން ބުނި ގޮތުގައި، ޑިމޮކްރެޓްސް އިން ހުށަހެޅި މެމްބަރުންގެ ފޯމުތައް ޕްރޮސެސްކޮށް ނިމުމުން ޕާޓީ ރަޖިސްޓްރީ ކޮށްދޭނެ އެވެ. އެންމެ އަވަސް ވިޔަސް އެކަމަށް 3-4 ހަފުތާ ހޭދަވާނެ ކަމަށް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެފައިވެ އެވެ.

ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބަށް މި ޕާޓީން ކެންޑިޑޭޓަކު ނެރޭނެކަން އެ ޕާޓީން އޮތީ އިއުލާންކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.