އާރބަންކޯއިން ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން "އަރބަންކޯ ފޯ ބިޒްނަސް"ގެ ނަމުގައި އޯޕަން ޑޭ އެއް ބޭއްވުމަށް ނިންމައިފިއެވެ.
މި އޯޕަން ޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ އާރބަންކޯގެ މައި އޮފީހުގެ އެގްޒިބިޝަން ސެންޓަރުގައި މާދަމާ ހެނދުނު 10:00 އިން ރޭގަނޑު 20:00 އަށެވެ.
އެޗް.ޑީ.ސީއިން ބުނީ މި ހަރަކާތުގެ އެންމެ ބޮޑު އެއް ބޭނުމަކީ އެ ފަރާތުން ވިޔަފާރިތަކަށް ހުރި ފުރުޞަތުތައް ދައްކާލުމާއި، އިންވެސްޓަރުން ނުވަތަ ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު މި ފުރުޞަތުތަކަށް ކުރިމަތިލިމުގެ މަގުފަހިކޮށްދިނުންކަމަށެވެ.
އެގޮތުން، މިފަހަރުގެ އޯޕަންޑޭގައި ހުޅުމާލޭގައި އޮފީސް ޢިމާރާތް ޤާއިމު ކުރުމަށް ހުރި ފުރުޞަތުތަކާއި ތިލަފުށި ފޭސް 2 އިން ބިން ގަތުމަށް ހުރި ފުރުޞަތުތަކަށް ޚާއްސަކަމެއްދޭނެކަމަށް އާރބަންކޯއިން ބުނެއެވެ.
ހަމައެހެންމެ އާރބަންކޯގެ ބިޒްނަސް ޑިވެލޮޕްމަންޓް ޓީމުން، ވިޔަފާރިވެރިންނަށް ހުރި ފުރުޞަތުތައް ކިޔާދިނުމާއި، ޕޯޓަލް ބޭނުން ކޮށްގެން މި ޕްރޮޖެކްޓްތަކާއި، ބިން ގަތުމަށް ބޭނުންވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް މި ހަރަކާތުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދެވިގެން ދާނެކަމަށްވެސް އާރބަންކޯއިން ބުނެއެވެ.
ކޮމެންޓު ފޮނުވާ