ފެންމާނޑު ބޭނުން ނުކުރާތާ ވަރަށް ޒަމާން ވެއްޖެ ކަމަށް "އަނުޕަމާ" ޑްރާމާއިން އަނުޕަމާގެ ގޮތުގައި މަގުބޫލުކަން ހޯދަފައިވާ ބަތަލާ ރުޕާލީ ގާންގުލީ ބުނެފި އެވެ.
އޭނާ މިހެން ބުނެފައިވަނީ މީޑިއާ އާއި މިފަހުން ވާހަކަ ދައްކަމުންނެވެ. ރުޕާލީ ބުނީ ފެންމާގނަޑު މިހާރު ހުންނަ ގޮތް ވެސް ނޭނގޭ ބުނުމަކީ ދޮގަކަށް ނުވާނެ ކަމަށެވެ. އެ ބޭނުން ނުކުރާތާ އެހާވެސް ދުވަސް ވެދާނެ ކަމަށް އޭނާ ވަނީ ބުނެފައިއެވެ.
މާގަނޑުގެ ބަދަލުގައި އޭނާ ބޭނުން ކުރަނީ ބާލިދީ ނުވަތަ ބަކެޓް ކަމަށް ރުޕާލީ ބުނެއެވެ. އަދި އެގޮތަށް ބަކެޓް ބޭނުން ކޮށްގެން ފެންވެރުމުން ވަރަށް ބޮޑަށް ފެނުގެ އިސްރާފު ކުޑަވާކަމަށްވެސް ވަނީ ބުނެފައިއެވެ. އަދި ހަރަދު ކުޑަކަމަށްވެސް އޭނާ ވަނީ ބުނެފައިއެވެ.
ރުޕާލި އަކީ ޓީވީ އިންޑަސްޓްރީގައި ވަރަށް މަގުބޫލު ނަމެކެވެ. އޭނާ މިހާރު ފެންނަނީ "އަނުޕަމާ" އިން އަނުޕަމާގެ ގޮތުގައިއެވެ. މީ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ކެރެކްޓާ އެކެވެ.
ކޮމެންޓު ފޮނުވާ