ބަތަލާ ކަންގަނާ ރަނާވަތުގެ އަމިއްލަ ފިލްމު ކުންފުނި، މަނިކަރްނިކާ ފިލްމްސް އިން އުފެއްދި ފުރަތަމަ ފިލްމު "ޓީކޫ ވެޑްސް ޝޭރޫ" ގެ ޓްރެއިލާ އެއް ދައްކައިލައިފިއެވެ.
ޤައުމީ އެވޯޑްވެސް ހާސިލު ކޮށްފައިވާ ބަތަލާ އަދި ކޯ ޑިރެކްޓަރ ކަންގަނާ ފުރަތަމަ ޕްރޮޑިއުސްކުރާ ޑިޖިޓަލް ފިލްމަކީ "ޓީކޫ ވެޑްސް ޝޭރޫ"އެވެ މި ފިލްމް ޕްރިމިއާ ކުރާނީ މި މަހުގެ 23 ގައި އެމެޒޯން ޕްރައިމް ވީޑިއޯއިންނެވެ.
ނަވާޒުއްދީން ސިއްދީގީ އާއި އަވްނީތު ކޯރް ފެނިގެންދާ މި ފިލްމް އަކީ ފިލްމީ ދާއިރާގައި މަސައްކަތްކުރާ އަރަމުން އަންނަ އެކްޓަރަކާއި ޖޫނިއާ އާޓިސްޓެއްގެ މެދުގައި ހިނގާ ލޯބީގެ ކަންތަށް ގަނޑެއް ދައްކުވައިދޭ ފިލްމްއެކެވެ.
"ޓީކޫ ވެޑްސް ޝޭރޫ" އަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ފިލްމަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށް މި ފިލްމް ގެ ޓްރެއިލާ ލޯންޗް ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަމުން ކަންގަނާ ވަނީ ބުނެފައިއެވެ.
މި ފިލްމް ގެ ލީޑުން ފެނިގެން ދާނީ ނަވާޒުއްދީން ސިއްދީގީ އާއި ބަތަލާ ރާނީ މުކަރްޖީގެ 2014 ގެ ފިލްމު "މަރުދާނީ" ގެ ރޯލެއް ކުޅުނު އަވްނީތު ކޯރް އެވެ. މި ދެތަރިންގެ އިތުރުން ކާސްޓްގައި ޒާކިރު ހުސައިނާއި ވިޕިން ޝަރުމާ ފަދަ އެކްޓަރުން ހިމެނެ އެވެ.
ކޮމެންޓު ފޮނުވާ