ރިތިކް ކަސްރަތު ކުރަނީ ގަދަ އަވީގެ ތެރޭގައި

ރިތިކް ކަސްރަތު ކުރަނީ ގަދަ އަވީގެ ތެރޭގައި

Author
ފާތިމަތު ނާވީ
16 ޖޫން 2023 06:58
0

ރިތިކް ރޯޝަން އަކީ ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ރީތިކަމުގައި މިސާލު ޖެހޭފަދަ ރީތި ފިރިހެން ވަންތަ ކަމެއް ލިބިފައިވާ އެކްޓަރެކެވެ.

އޭނާގެ ފޮޓޯތަކަށް އަބަދުވެސް ލިބެމުން އަންނަ ތަރުހީބް ބޮޑެވެ. ހާއްސަ ކޮން ޝާޓް ލެސް ފޮޓޯ ތަކަށް ލިބޭ ތަރުހީބް ބޮޑެވެ. ރިތިކް ގެ ކަސްރަތީ ހަށިގަނޑުގެ ޖާދޫގައި ނުޖެހޭ މީހަކު ނެތޭ ބުންޔަަސް ދޮގަކަށް ނުވާނެވެ.

ތިރިކް މިވަނީ އަނެއްކައިވެސް ފޭނުންގެ ސަމާލުކަން ހޯދައިފައިއެވެ. އެގޮތުން މިފަހަރު އޭނާ ކަސްރަތު ކުރުމަށް ހުރި ފޮޓޯއެއް ވަނީ ވައިރަލް ވެގެން ގޮސްފައިއެވެ. ރަތް ދައްކާ އަވީގައި އޭނާ ފެނިގެން ގޮސްފައިވަނީ ޓީޝާޓް ނުލައި ހުއްޓައިއެވެ.

 

View this post on Instagram

 

A post shared by Hrithik Roshan (@hrithikroshan)

ރިތިކް ގެ ކުރިއަށް އޮތް ފިލްމް އަކީ ބަތަލާ ދީޕިކާ ޕަދުކޯން އާއި އެކުގައި ފެނިގެންދާ ފިލްްމް "ފައިޓާ" އެވެ. މި ފިލްމް އަކީ ވަރަށް އުންމީދީ ފިލްމްއެކެވެ. އަދި ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމްއެއް ވެސް މެއެވެ. އަދި މިއީ މިދެތަރިން އެކުގައި ފެނިގެން ދާ ފުރަތަމަ ފިލްމްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.