ކަރަން ގެ ކައިވެނީގެ ހަފްލާ ތަކުގައި ދަރުމެންދުރާ ނަށަ ވީޑިއޯ އަށް ބޮޑު ސަމާލުކަމެއް

ކަރަން ގެ ކައިވެނީގެ ހަފްލާ ތަކުގައި ދަރުމެންދުރާ ނަށަ ވީޑިއޯ އަށް ބޮޑު ސަމާލުކަމެއް

Author
ފާތިމަތު ނާވީ
15 ޖޫން 2023 05:31
0

ބޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރު ސަނީ ޑިއޯލްގެ ދަރިފުޅު ކަރަން ޑިއޯލް ގެ ކައިވެނީގެ ރަސްމިއްޔާތުތަށް އިއްޔެ ފަށައިގެން ކުރިއަށް ދިއަ އިރުގައި އެންމެ ފުރަތަމަ ސެރޮމޮނީ އަކަށް ބާއްވާއި ވަނީ ރޯކާ ސެރޮމޮނީއެވެ.

މި ސެރޮމޮނީ އަކީ ދެފަރާތުގެ އާއިލާގެ މެދުގައި ހަދިޔާ ބަދަލު ކުރުމާއި ގުޅުން ބަދަހި ކުރުމަށް ކުރިއަށް ގެންދާ ސެރޮމޮނީއެވެ. ހިންދޫ ދީނުގެ ކަިއވެނި ތަކަކީ، ކައިވެނީގެ ކުރިން ގިނަ ސެރޮމޮނީތަކެއް ބާއްވާ ކައިވެނި ތަކެކެވެ.

އިއްޔެގައި މި ފަންގްޝަން ބާއްވާފައިވާ އިރުގައި މިކަމަށް ތައްޔާރު ވުމަށް ކުލަބޮކިލައި ތަން ޒީނަތްތެރި ކުރުން މީގެ ދެދުވަސް ކުރިން ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އެތަނުގެ ފޮޓޯތަށް ވަނީ ވައިރަލް ވެގެން ގޮސްފައިއެވެ.

ރަސްމިއްޔާތުތަށް ކުރިއަށް ދިއަ އިރުގައި އެންމެ ބޮޑަށް ގިނަ ބަޔަކަށް އުފާވެރިކަން ގެނުވީ ދަރުމެންދުރާ މި ފަކްޝަންގައި ނަށާ ވީޑިއޯއެކެވެ. މި ވީޑިއޯގައި ސަނީ އާއި އޭނާގެ ބައްޕަ ދަރުމެންދުރާ ނަށަނިކޮން ފެނެއެވެ.

 

View this post on Instagram

 

A post shared by Koimoi.com (@koimoi)

މީގެ އިތުރުން ކައިވެނީގެ ގޮއް ޖެހުމަށް ތައްޔާރު ވެފައިވާ ދްރިޝާ އާއި ކަރަން ވަރަށް އުފަލުން ތިބިތަން ފެނެއެވެ. އަދި ކޭކެއް ފަޅަނިކޮން ވެސް ވަނީ ފެނިގެން ގޮސްފައިއެވެ.

32 އަހަރުގެ އެކްޓަރު ލޯބިވެރިޔާ އެންގޭޖްވީ ކާފަ އަދި މަޝްހޫރު އެކްޓަރު ދަރުމެންދުރާ އާއި މާމަ ޕްރަކާޝް ކޯރްގެ ކައިވެނީގެ އެނިވާސަރީއާ ދިމާކޮށެވެ. އެމީހުން ކައިވެނި ކުރާނީ ހަމަ އެކަނި އާއިލާ ގެ ހާޒިރުގައި ވަރަށް އާދައިގެ ގޮތަށް އަދި އެހާމެ ޕްރައިވެޓް ކޮން ކަމަށްވެއެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

އެމީހުން ގެ އާއިލީ ފިލްމް ކުންފުނީގެ ގިނަ ފިލްމް ތަކެއްގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ކަރަން އެކްޓިން އަށް ނުކުތީ ބައްޕަ ސަނީ ޑައިރެކްޓްކުރި 2019 ގެ "ޕަލް ޕަލް ދިލް ކޭ ޕާސް" އިންނެވެ. އޭނާ ވަނީ 2021 ގެ ފިލްމް "ވޭލޭ" އިން ވެސް ފެނިފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.