އުރްފީ މިފަހަރު ގެ ހެދުމަކީ ދެ ފޮތި ޕިއްޒާ

އުރްފީ މިފަހަރު ގެ ހެދުމަކީ ދެ ފޮތި ޕިއްޒާ

Author
ފާތިމަތު ނާވީ
15 ޖޫން 2023 01:25
0

ނިވާކަން ކުޑަކޮށް ހެދުން އެޅުމަށް މަޝްހޫރު އުރްފީ ޖާވެދް އަނެއްކައިވެސް ތަފާތު ގޮތަކަށް ހެދުން އަޅައިގެން އާންމުންގެ ސަމާލުކަން ހޯދައިފިއެވެ.

މީގެ ކުރިންވެސް އޭނާ ވަނީ ތަފާތު ޕްރޮޕް ތަކުން ހެދުން ތައްޔާރު ކޮށް އާންމުން ކޮސްކޮށްލައިފައިއެވެ. އެގޮތުން މިފަހުން އޭނާ ވަނީ ސާފަތް ޕެކެޓްއިން ހެދުމެއް ލައިފައިއެވެ. މީގެ އިތުރުން އޭނާ ވަނީ ތަފާތު ވައްތަރުގެ ސާމާނު ބޭނުން ކޮށްގެން ހެދުން ތައްޔާރުކޮށް އެލައިގެން ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިއެވެ. އެގޮތުން ފޯނަށް ލައްވާ ސިމް އާއި ގަހެއްގެ ތޮށި ގަނޑާއި މަސް ހިފުމަށް ބޭނުން ކުރާ ދާގަނޑަކުން ހެދުމެއް ހަދައިގެންވެސް އޭނާ ވަނީ އާންމުންގެ ސާމާލު ކަން ހޯދައިފައިއެވެ.

އަނެއްކައިވެސް އުރްފީގެ ތަފާތު ޑިޒައިނެކެވެ. މިފަހަރު އޭނާގެ ހެދުމަކީ ދެފޮތި ޕިއްޒާއެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި މި ހިޔާލު އޭނާ އަށް އައީ ޕިއްޒާ ފޮއްޗެއް ކާން އިންދައެވެ. ދެވަނަ ސިކުންތުގައި ފެނިގެން ދިއައީ ދެފޮތި ޕިއްޒާގެ ހެދުމެއްގައި ހުއްޓައިއެވެ.

 

View this post on Instagram

 

A post shared by Koimoi.com (@koimoi)

އާންމު ދިރިއުޅުމުގައިވެސް ވަރަށް ނިވާކަން ކުޑަ ހެދުން އަޅާ އުރްފީ މަޝްހޫރު ވެފައި ވަނީވެސް ހެދުން ނުލައި އުޅޭ މީހެއްގެ ގޮތުގައިއެވެ. އުރްފީ ބުނާ ގޮތުގައި އޭނާ ހެދުން އަޅާމިންގަޑަކީ ގާނޫން ހުއްދަ ކުރާ މިންގަޑު ކަމަށެވެ. އަދި  އޭނާ ހެދުން ނުލަނީ އެލާޖިކްވާތީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.