ބޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރު ސަނީ ޑިއޯލްގެ ދަރިފުޅު ކަރަން ޑިއޯލް ގެ ކައިވެނީގެ ރަސްމިއްޔާތުތައް ފަށައިފިއެވެ.
އެގޮތުން ފުރަތަމަ ރަސްމިއްޔާތެއްގެ ގޮތުގައި ކުރިއަށް ގެންގޮސްފައިވަނީ ރޯކާ ސެރެމަނީއެވެ. މީ ސެރޮމަނީގައި ޑިއޯލްގެ އާއިލާގެ އެންމެން ވަނީ ބައިވެރި ވެފައިއެވެ. އަދި އެމީހުންގެ މި ސެރެމޮނީގެ ވީޑިއޯއެއްވެސް ވަނީ އާންމުވެފައިއެވެ. އަދި ކައިވެނީގެ ގޮއް ޖެހުމަށް ތައްޔާރު ވެފައުވާ ދްރިޝާ އާއި ކަރަން ވަރަށް އުފަލުން ތިބިތަން ފެނެއެވެ.
އިއްޔެގައި މި ފަންގްޝަން ބާއްވާފައިވާ އިރުގައި މިކަމަށް ތައްޔާރު ވުމަށް ކުލަބޮކިލައި ތަން ޒީނަތްތެރި ކުރުން މީގެ ދެދުވަސް ކުރިން ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އެތަނުގެ ފޮޓޯތަށް ވަނީ ވައިރަލް ވެގެން ގޮސްފައިއެވެ.
32 އަހަރުގެ އެކްޓަރު ލޯބިވެރިޔާ އެންގޭޖްވީ ކާފަ އަދި މަޝްހޫރު އެކްޓަރު ދަރުމެންދުރާ އާއި މާމަ ޕްރަކާޝް ކޯރްގެ ކައިވެނީގެ އެނިވާސަރީއާ ދިމާކޮށެވެ. އެމީހުން ކައިވެނި ކުރާނީ ހަމަ އެކަނި އާއިލާ ގެ ހާޒިރުގައި ވަރަށް އާދައިގެ ގޮތަށް އަދި އެހާމެ ޕްރައިވެޓް ކޮން ކަމަށްވެއެވެ.
އެމީހުން ގެ އާއިލީ ފިލްމް ކުންފުނީގެ ގިނަ ފިލްމް ތަކެއްގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ކަރަން އެކްޓިން އަށް ނުކުތީ ބައްޕަ ސަނީ ޑައިރެކްޓްކުރި 2019 ގެ "ޕަލް ޕަލް ދިލް ކޭ ޕާސް" އިންނެވެ. އޭނާ ވަނީ 2021 ގެ ފިލްމް "ވޭލޭ" އިން ވެސް ފެނިފައިވެ އެވެ.
ކޮމެންޓު ފޮނުވާ