ރިއަލިޓީ ޝޯވ ގެ އިތުރުން ބައެއް ފިލްމް ތަކުން މަޝްހޫރު ކަން ހޯދައިފައިވާ ބަތަލާ ގޯހަރް ހާން ދަރިފުޅުގެ ނަން އިއުލާން ކޮށްފިއެވެ. އޭނާ އަށް ލިބުނީ ފިރިހެން ކުއްޖެކެވެ.
ގޯހަރް ވިހައިފައި ވަނީ މިދިއަ މަހުގެ 10 ވަނަ ދުވަހުގައިއެވެ. މީ ގޯހަރް އާއި އޭނާގެ ފިރިމީހާ ޒައިދް ދަރްބާރް ގެ އަލަތު ދަރިފުޅެވެ. އެމީހުން ވަނީ މީގެ ތިން ދުވަސް ކުރިން އެކުއްޖާގެ ނަން އިއުލާން ކޮށްފައިއެވެ.
އިންސްޓަގްރާމްގައި ގޯހަރް ކޯށްފައިވާޕޯސްޓުގައި ބުނެފައިވަނީ އެމީހުންގެ ދަރިފުޅުގެ ނަމަކީ ޒީހާން ކަމަށެވެ. އެ ޕޯސްޓުގައި ދެމަފިރިން ތިބީ ދަރިފުޅާއި އެކުގައި ވަރަށް އުފަލުންނެވެ. މިހާތަނަށް އަދި އެކުއްޖާގެ މޫނު ފެންނަ ފޮޓޯއެއް ދައްކައިލައިފައިއެއް ނުވެއެވެ.
ޒައިދް، 27، އާއި ގޯހަރު 39، ކައިވެނި ކުރީ 2020 ވަނަ އަހަރުގައި ވަރަށް ކުލަ ގަދަ ހަފްލާއެއްގައި އެވެ. ޒައިދް އަކީ ލަވަ ކިއުންތެރިއެއް ގެ އިތުރުން އިންފުލުއެންސާ އެކެވެ. މީ ދެމީހުންގެ ފުރަތަމަ ދަރިފުޅެވެ.
ކޮމެންޓު ފޮނުވާ