ނޭހާގެ ދަރިފުޅުގެ ނަމަކީ އަނާޔާ

ނޭހާގެ ދަރިފުޅުގެ ނަމަކީ އަނާޔާ

Author
ފާތިމަތު ނާވީ
14 ޖޫން 2023 05:15
0

ޓިވީ ޑްރާމާ ސިލްސިލާ ތަކުން މަގުބޫލު ކަން ހޯދައިފައިވާ މަޝްހޫރު ބަތަލާ ނޭހާ މަރްދާ އޭނޭގެ ދަރިފުޅުގެ ނަން އިއުލާން ކޮށްފިއެވެ. ގިނަ ބައެއްގެ މެދުގައި މަގުބޫލު ނޭހާ ވިހައިފައިވަނީ އެޕްރިލް މަހުގެ ތެރޭގައިއެވެ.

ސޯޝަލް މީޑިއާ އާއި ވަރަށް ރައްޓެހި ނޭހާ އަންނަނީ އޭނާގެ ދަރިފުޅުގެ ވަރަށް ލޯބި ފޮޓޯ ތަށް ހިއްސާ ކުރަމުންނެވެ. އަދި މިފަހުން ވަނީ އޭނާގެ ދަރިފުޅުގެ ނަން ވެސް އިއުލާން ކޮށްފައިއެވެ. އެކުއްޖާގެ ނަމަކީ އަނާޔާއެވެ.

 

View this post on Instagram

 

A post shared by Neha Marda (@nehamarda)

ނޭހާ އަކީ ވަރަށް މަގުބޫލު ޑްރާމާ ތަކެއް ކުޅެފައިވާ އަދި ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު މޫނެކެވެ. އެގޮތުން އޭނާގެ ފާހަގަ ކޮށްލެވޭ ޑްރާމާ ތަކުގެ ތެރޭގައި "ޑޯލީ އަރްމާނޯކީ" "ކިޔު ރިޝްތޯމޭ ކައްޓާ ބައްޓާ" އަދި ބާލިކާ ވަދޫ ހިމެނެއެވެ.

މީގެ އިތުރުން އޭނާ ވަނީ ބައެއް ރިއަލިޓީ ޝޯވ ތަކުންވެސް ފެނިގެން ގޮސްފައިއެވެ. އެގޮތުން ނެޑުމުގެ ހުނަރު ދައްކައިލާ ޕްރޮގްރާމެއް ކަމުގައިވާ "ޖަލަކް ދިކް ލާޖާ" ފާހަގަ ކޮށްލެވެއެވެ.

 

View this post on Instagram

 

A post shared by Neha Marda (@nehamarda)

ނޭޙާ ވަނީ 2018 ވަނަ އަހަރު ވިޔަފާރީވެރިއެއް ކަމުގައިވާ އަޔުޝްމާން އަގަރްވާލް އާއި ކައިވެނި ކޮށްފައިއެވެ. ކައިވެނީގެ ފަހުން ނޭހާ ޑްރާމާ ތަކުން ފެނުން ވަރަށް މަދެވެ. މީ މިދެމަފިރިންގެ ވެސް އަލަތު ދަރިފުޅެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.