މަޝްހޫރު ބަތަލާ ތަމަންނާ ބާޓިއާ އާއި އެކްޓަރު ވިޖޭ ވަރްމާ އަކީ ބޮލީވުޑްގެ ނިއު ކަޕުލް ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެެނެސްދޭ ނޫސްތަކުން ރިޕޯޓް ކުރީ މި އަހަރުގެ ކުރީ ކޮޅުގައިއެވެ.
އެދެމީހުންގެ ލޯބީގެ ވަހާކަ ތަށް ފެންމަތިވެފައި މިވަނީ އައު އަހަރު ފާހަގަ ކުރުމަށް ކޮންސެޓެއްގައި އެދެމީހުން އުޅެނިކޮން ފެނުމާއި ގުޅިގެންނެވެ. އެއާއި އެކުގައި އެމީހުން ރައްޓެހިވެގެން އޫޅޭ ކަމަށް މީޑިއާގައި ރިޕޯޓް ކުރި ނަމަވެސް މިހާތަނަށް އެމީހުން އެކަކަށް އިޖާބަދީފައިއެއް ނުވެއެވެ.
ސައުތުގެ އިތުރުން ބޮލީވުޑްގައި ވެސް ފިޔަ ޖަހަމުން އަންނަ ބަތަލާ އާއި ވިޖޭ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ ވާހަކަތަށް ދެކެވެން ފަށި ނަމަވެސް، އެކަން ކަށަވަރު ކޮށްނުދެއެވެ. ނަމަވެސް މިހާރު މިވަނީ އެވާކަތަށް ކަށަވަރު ކޮށްދީފައިއެވެ.
އި ދެ މީހުންގެ ގުޅުން ފެށުނީ މިހާރު ނެރެން ތައްޔާރުވަމުން އަންނަ ނެޓްފްލިކްސް ފިލްމު 'ލަސްޓް ސްޓޯރީސް 2′ ކުޅުމުގެ ތެރެއިންނެވެ. މިއީ 'ޑާލިންގްސް’ގެ ތަރި ވިޖޭ އާއި ތަމަންނާ އެކުގައި ފިލްމެއް ކުޅުނު ފުރަތަމަ ފަހަރެވެ.
މި ފަހުން ވަނީ މި ފިލްމްގެ ތަރިން ތައާރަފް ކުރުމަށް ކުރު ޓީޒާއެއް ވެސް އާންމު ކޮށްފައިއެވެ. 'ލަސްޓް ސްޓޯރީސް 2′ އަކީ 2018ގެ މަގުބޫލު އެންތޮލޮޖީ ފިލްމު 'ލަސްޓް ސްޓޯރީސް’ގެ ސީކުއެލް އެވެ.
ވިޖޭ ވަނީ ކާމިޔާބު ފިލްްމް ތަކަކުން ފެނިގެން ގޮސްފައިއެވެ. އޭގެ ތެރޭގައި "ގަލީ ބޯއީ" އާއި "ސުޕަ 30″ އަދި "ބާގީ3″ ފަދަ ފިލްމް ތަށް ފާހަގަ ކޮށްލެވެއެއެވެ. ނަމަވެސް މިހާތަނަށް އޭނާ ފެނިގެން ގޮސްފައ ވަނީ މުޅިންވެސް ސަޕޯޓިންގ ރޯލު ތަކުންނެވެ.
ތަމަންނާ އަކީ ސަައުތު ގެ ފިލްމް އިންޑަސްޓްރީގައި އެންމެ ހިނގާ އެންނަމެވެ. އޭނާ ވަނީ ކާމިޔާބު ފިލްމް ތަކެއް ކުޅެފައިއެވެ. 33 އަހަރުގެ ބަތަލާ އެންމެ ފަހުން ފެނިގެން ގޮސްފައިވާ ހިންދީ ފިލްމްއަކީ "ޕްލޭން އޭ އެންޑް ޕްލޭން ބީ"އިންނެވެ.
ކޮމެންޓު ފޮނުވާ