މަރުތަޅޭ ކިޔައިގެން މަޖިލިސް ހިސޯރުނުކޮށް، ދެބޭފުޅުން އިސްތިއުފާ ދެއްވާ: ނާޝިޒު

މަރުތަޅޭ ކިޔައިގެން މަޖިލިސް ހިސޯރުނުކޮށް، ދެބޭފުޅުން އިސްތިއުފާ ދެއްވާ: ނާޝިޒު

ގުޅުންހުރި

ރައްޔިތުންގެ މަޖިލީހުގައި މަރު ތަޅު އެޅުވިފައިވާކަމަށްބުނެ ދައްކަވަމުންދާ ވާހަތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި އިޤްތިޞާދީ ކޮމެޓީގެ މުޤައްރިރު މުހައްމަދު ނާޝިދުގެ ރައްދެއް މަޖިލީހުގެ ރިޔާސަތަށް ދެއްވައިފިއެވެ.

ނާޝިޒު މިހެން ވިދާޅުވީ، މަޖިލީހުގެ ކޮމެޓީތަކުގެ މަސައްކަތް ހުއްޓުވައި، މަޖިލީހަށް ވައްދާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްނުދާތީ ކަންބޮޑުވުން ފާޅުކޮށް ކުރެއްވި ޓުވީޓުގައެވެ. މިއަހަރުގެ ދެވަނަ ދައުރަށް މަޖިލިސް ފެށިފަހުން އުފެދިފައިވާ ސިޔާސީ ޚިޔާލް ތަފާތުވުންތަކާއިއެކު މަޖިލިސްގެ މަސައްކަތްތައް ނުކުރެވި ކޮންމެ ދުވަހަކުވެސް މަޖިލިސް ނިންމާލަނީ ތަޅުން ހޫނުވެ ބޮޑު ޒުވާބަކުންނެވެ.

އަދި މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ 12 މެމްބަރަކު އެޕާޓީން ވަކިވި ހިސާބުން މަޖިލީހުގެ ކޮމެޓީތައް ވަނީ ހުއްޓުވާފައެވެ. ކޮމެޓީތައް އެކުލަވާނުލެވި ގިނަ ދުވަސްތަކެއް ވަމުންދާއިރު، ކޮމެޓީތަކުގައި ވަރަށް މުހިންމު މަސައްކަތްތަކެއް އެބަހުއްޓެވެ. ނަމަވެސް މަޖިލިސް ރައީސް ވިދާޅުވީ މަޖިލިސް އޮތީ މަރުތެޅު އެޅުވިފައިކަމަށެވެ.

މިކަމާއި ގުޅިގެން މެމްބަރު ނާޝިދު ވިދާޅުވީ މަޖިލީހުގެ މަސައްކަތް ހުއްޓުވާފައި ބޭއްވުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ. މަޖިލީހުގެ ގަވާއިދުގައިވެސް މިފަދަ ހާލަތްތަކުގައި ޢަމަލުކުރާނެ ގޮތް ސާފުކޮށް ބަޔާންކޮށްފައިވާއިރު، މަޖިލީހުގެ ރައީސާއި ނައިބް ރައީސް އަދި އެހެން ވަޒީރުންގެ އިތުބާރުނެތްކަމުގެ މައްސަލަވެސް ކުރިއަށް ނުގެންގޮސް ހުއްޓުވާފައިވަނީ އަމިއްލަ ތަރިކަ މުދަލަށް މަޖިލިސް ހަދައި، ޤާނޫނާއި ޚިލާފަށް ކަމަށް ނާޝިޒު ވިދާޅުވިއެވެ.

މަރުތަޅެއް ނޭޅޭ. އިސްތިއުފާ ދެއްވާ. ކޮމެޓީތައް ހުއްޓުވައިގެން ތި އުޅެނީ ގަވާއިދާއި ޚިލާފަށް. ޢާންމު ކޮމެޓީ ބައްދަލުވުން ބާއްވާ. އިތުބާރު ނެތްކަމަށް ހުރި މައްސަލަތައް ބާއްވަވާ. މަރުތަޅޭ ކިޔައިގެން 2 ބޭފުޅުންގެ ޢާއިލީ މުދަލަކަށް ހައިދައިގެން މަޖިލިސް ހިސޯރު ނުކުރައްވާ.

– ނާޝިޒު ވިދާޅުވިއެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާނުލެވި ގިނަ ދުވަސްތަކެއް ވަމުންދާއިރު ކޮމިޓީތަކުގައި ހުރި ރައްޔިތުންނާއި ގުޅުންހުރި މަސައްކަތްތައް ނުނިމޭތީ ސަރުކާރުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިމައްސަލާގައި ކަންބޮޑުވުން ފާޅު ކުރައްވައި މަޖިލީހުގެ 56 މެމްބަރުން ހިމެނޭ އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ މަޖިލީހުގެ އަމީން ޢާންމު ފާތިމަތު ނިއުޝާއަށް ސިޓީއެއް ފޮނުވާފައެވެ. މިސިޓީގައި މަޖިލީހުގެ ކޮމިޓީތައް ހުއްޓުވާލާފައިވާ މިދަނޑިވަޅުގައި މަޖިލީހަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލަތައް ކުރިއަށް ނުގޮސް އޮތުމަކީ ކަންބޮޑުވުމެއްކަން ފާހަގަކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ގިރިވީޑިޔޯ ލީކުވިނަަމަ މަނިކުފާނުވެސް އިސްތިއުފާދޭންޖެހޭނެ ދޯ

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ