އުރްފީ އެކީ ފޮރުވިގެން

އުރްފީ އެކީ ފޮރުވިގެން

Author
ފާތިމަތު ނާވީ
11 ޖޫން 2023 06:00
0

ނިވާކަން ކުޑަކޮށް ހެދުން އެޅުމަށް މަޝްހޫރު އުރްފީ ޖާވެދް މީހާ އެކުގައި ފޮރުވިގެން އާންމުންގެ ތެރެއަށް ނުކުމެ އެއްމެން ކޮސްކޮށްލައިފިއެވެ.

މީގެ ކުރިންވެސް ނިވާކަން ކުޑަކޮން ހެދުން އެޅުމުގެ ސަބަބުން ފުލުހަށްވެސް ހާޒިރު ކޮށްފައިވާ ބަތަލާގެ ހެދުން އެޅުމަށް ދުވަހެއް ދުވަހެއް އަންނަނީ އިތުރަށް ގޯސްވަމުންނެވެ. ނަމަވެސް މިފަހަރު އާންމުން ކޮސްކޮށްލައި އުރްފީ ލައިގެން ހުރީ ވަރަށް ތަފާތު ހެދުމެކެވެ.

ހަމަ އެކަނި އަނގަ އާއި ދެލޯ ފިޔަވާ އޭނާގެ ހަށިގަނޑު ނުފެންނަ މި ހެދުމަށް ފާޑުކިޔާ މީހުން ބުނެފައިވަނީ މީ ރިތިކް ރޯޝަން ގެ މަޝްހޫރު ފިލްމް "ކޮއި މިލްގަޔާ" ގައި ދައްކައި އޭލިއަން "ޖާދޫ" ވައްތަރު ކަމަށެވެ.

އާންމު ދިރިއުޅުމުގައިވެސް ވަރަށް ނިވާކަން ކުޑަ ހެދުން އަޅާ އުރްފީ މަޝްހޫރު ވެފައި ވަނީވެސް ހެދުން ނުލައި އުޅޭ މީހެއްގެ ގޮތުގައިއެވެ. އުރްފީ ބުނާ ގޮތުގައި އޭނާ ހެދުން އަޅާމިންގަޑަކީ ގާނޫން ހުއްދަ ކުރާ މިންގަޑު ކަމަށެވެ. އަދި  އޭނާ ހެދުން ނުލަނީ އެލާޖިކްވާތީއެވެ. އޭނާ ވަނީ ހެދުން ލުމުން އަލާޖިވޭ ކަމަށް ބުނެ ފޮޓޯއެއް ވެސް އާންމު ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Koimoi.com (@koimoi)

 

ބައެއް ސިލްސިލާ ޑްރާމާ ތަކުން ފެނިގެން ގޮސްފައިވާ އުރްފީ އަކީ މިހާތަނަށް އޭނާގެ އެކްޓިންގެ ކެރިއަރުގައި މާބޮޑު ކާމިޔާބެއް ހޯދިފައިވާ މީހެއް ނޫނެވެ. މީގެ ކުރިން އޭނާ ވަނީ "ޗަންދުރާ ނަންދިނީ" އާއި "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހެ" އަދި "ކަސޯޓީ ޒިންދަގީ ކޭ" ގައިވެސް ކުޑަ ރޯލަކުން ފެނިގެން ގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.