ކާޖޮލްގެ އަލަތު ވެބް ސީރީޒްގެ ޓްރެއިލާ އަންނަ ހޯމަ ދުވަހު

ކާޖޮލްގެ އަލަތު ވެބް ސީރީޒްގެ ޓްރެއިލާ އަންނަ ހޯމަ ދުވަހު

Author
ފާތިމަތު ނާވީ
10 ޖޫން 2023 09:27
0

ބޮލީވުޑްގެ އެންމެ މަގުބޫލު އެއް ބަތަލާ ކަމުގައިވާ ކާޖޮލް ގެ އަލަތު ވެބް ސީރިޒް "ދަ ގުޑް ވައިފް"ގެ ޓްރެއިލާ އަންނަ ހޯމަ ދުވަހު ދައްކައިލަން ނިންމައި އޭގެ ފަސްޓްލުކް ޕޯސްޓަރު ދައްކާލައިފި އެވެ.

ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ގެނެސްދޭން ހަމަޖެހިފައިވާ މި ސީރީޒަކީ "ދަ ގުޑް ވައިފް" ގެ ނަމުގައި ގެނެސްދިން އެމެރިކާގެ ލީގަލް ސީރީޒްގެ އިންޑިއާ ވާޝަނެވެ. ކާޖޮލް ވަކީލެއްގެ ފޯލުން ފެންނާނެ ސީރީޒަށް ދީފައިވާ ނަމަކީ "ދަ ޓްރަޔަލް" އެވެ.

މި ވެބް ސީރީޒް ގައި ކާޖޮލް ފެނިގެންދާނީ ވަކީލެއްގެ ގޮތުގައެވެ. އަދި ބޮލީވުޑްގެ އިތުރުން އިންޑިއާގެ ކޯޓްތަކުގެ ރަހަތައް ހެޔޮވަރު ކޮށްގެން ގެނެސްދޭ މި ވެބް ސީރީޒްގެ ޑައިރެކްޓަރަކީ ސުޕަން ވަރުމާ އެވެ. އޭނަ އަކީ "އޭކް ކިލާޅީ، އޭކް ހަސީނާ" އަދި "އެސިޑް ފެކްޓްރީ" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.

 

View this post on Instagram

 

A post shared by Disney+ Hotstar (@disneyplushotstar)

"ދަ ގުޑް ވައިފް" އަކީ 2009-2016 އަށް ހަތް ސީޒަނަކަށް 156 އެޕިސޯޑް ގެނެސްދިން ވަރަށް މަގުބޫލު ސިލްސިލާއެކެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.