ބޮލީވުޑްގެ ބޮޑު ތިން ފިލްމް އެއް އެއްދުވަހެއްގައި ރިލީޒް ކުރުމަށް އިއުލާން ކޮށްފިއެވެ.
އެގޮތުން ރަންބީރު ކަޕޫރު ގެ އުންމީދީ ފިލްމް "އެނިމަލް" އާއި ބޮބީ ޑިއޯލްގެ އުންމީދީ ފިލްމް "ގަދަރް 2″ އާއި އަކްޝޭ ކުމާރުގެ އުންމީދީ ފިލްމް "އޯ އެމް ޖީ" އެއް ދުވަހެއްގައި ރިލީޒް ކުރުމަށް ތާވަލް ކޮށް މިހާރު ވަނީ އިއުލާން ކޮށްފައެވެ.
މި ތިން ފިލްމް ވެސް ރިލިޒް ކުރުމަށް ތާވަލް ކޮށްފައިވަނީ އޯގަސްޓް މަހުގެ 11 ވަނަ ދުވަހަށެވެ. ތިން ފިލްމް އަކީ ވެސް ވަރަށް ތަފާތު ތިން ފިލްމްއެވެ. ނަމަވެސް މި ތިން ފިލްމް މުޑިއަރައިފި ނަމަ ފިލްމް އަށް ލިބޭ އާމްދަނީ އަށް ވަރަށް ބޮޑަށް އަސަރު ކުރާނެއެވެ.
އެންމެ ފުރަތަމަ މިއަހަރުގެ އޯގަސްޓް 11 ވަނަ ދުވަހު އަޅުވާނެ ކަން އިއުލާން ކުރީ މިއަހަރު ފެށުނު ތަނާހެން ސަނީގެ "ގަދަރް 2″ އެވެ. މި ފިލްމް އަކީ ސަނީގެ ކެރިއަރުގެ އެންމެ ބޮޑު ހިޓް ކަމަށްވާ 2001 ގެ ވަތަނީ ފިލްމު "ގަދަރު: އޭކް ޕްރޭމް ކާތާ" ގެ ސީކްއެލްއެވެ.
އެފަހުން ދެން ހަމަ އެތަރީހުގައި އަޅުވާނެ ކަމަށް އިއުލާން ކުރީ ރަންބީރު ގެ "އެނިމަލް" އެވެ. އެ ފިލްމް ގެ ޕޯސްޓަރާއި އެކުގައި ފިލްްމ އަޅުވާނެ ކަން އިއުލާން ކުރުމުން ބެލުންތެރިން ތިބީ ފިލްމްގެ އިންތިޒާރުގައިއެވެ.
ވަރަށް ތަފާތު ކޮން ރަންބީރު ފެނިގެންދާ ޕޯސްޓަރާއި އެކުގައި ގިނަ ބަޔަކު ވަނީ ފިލްމް ބަލާލަން ކެއްމަދު ވެފައިއެވެ. މި ފިލްމްގައި ރަންބީރު އާއި އެކުގައި ލީޑުން ފެނިގެންދާނީ ސައުތުގެ މަޝްހޫރު ބަތަލާ ރަޝްމިކާ މަންދަނާއެވެ.
އަކްޝޭ ވެސް ވަނީ އޭނާގެ ފިލްމް އެއް މި ތާރިހުގައި އަޅުވާނެ ކަން މީގެ ދެދުވަހެއް ކުރިން އިއުލާން ކޮށްފައިއެވެ. އެފިލްއަކީ މީގެ ކުރިން އަކްޝޭ ކުޅެފައިވާ ފިލްމްއެއްގެ ސީކުއަލްއެވެ. 2012 ވަނަ އަހަރު ގެނެސްދިން "އޯ މައި ގޯޑް" އަކީ ކާމިޔާބު ފިލްމްއެކެވެ.
ފިލްމުގެ ޕޯސްޓަރާ އެކީ އެކަން އިއުލާންކޮށް ޕްރޮމޯޝަންތައް މިހާރު ވަނީ ފަށައިފައިއެވެ. މި ފިލްްމް މިއަހަރުގެ އޯގަސްޓް މަހުގެ 11 ވަނަ ދުވަހަށް ތާވަލް ކޮށްފައިވާ އިރުގައި ބޮޑު ތިން ފިލްމް މުޑިއަރާނެއެވެ.
މީގެ ކުރިންވެސް ބޮޑެތި ފިލްމް ތަށް އަދި އޭ ލިސްޓްގެ ތަރިންގެ ފިލްމް ތަށް މުޑި އަރައިގެން އަޅުވާ ތާރީހް ބަދަލު ކޮށްފައިވެއެވެ. އެހެން ކަމުން މި ފިލްމު ތަށް އެއްދުވަހަކު ރިލީޒް ކޮށްދާނެ ކަން އޮތީ ސުވާލު މާކެއްގެ ތެރޭގައިއެވެ.
ކޮމެންޓު ފޮނުވާ