ބޮލީވުޑްގެ ބަތަލާ ސްވަރާ ބާސްކަރް ބަނޑުބޮޑުކަން އިއުލާން ކޮއްފިއެވެ.
މީ ގިން ބަޔަކަށް ވަރަށް ބޮޑަށް ސިހުން ގެނުވި ހަބަރެކެވެ. ސްވަރާ އޭނާގެ ސޯޝަލް މީޑިއާގައި މިކަން އިއުލާން ކޮށްފައިވާ އިރުގައި ގިނަ ބަޔަކު އަދިވެސް ތިބީ ހައިރާންކަން މަތީގައިއެވެ.
ސަބަބަކީ ބަތަލާ އާއި ސަމާޖްވާދީ ޕާޓީގެ ސްޓޭޓް ޔޫތު ޕްރެޒިޑެންޓް، ފަހުދު އަހުމަދާއި ކައިވެނި ކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގައިއެވެ. ކުއްލި އެކައިވެނީގެ ފޮޓޯތަށް ވައިރަލް ވުމާއި އެކުގައި ގިން ބަޔަކު އޭނާ ބަނޑުބޮޑުތޯ ސުވާލު އުފައްދާފައި ވެއެވެ.
ކޯޓުގައި އަވަސް އަރުވައިލައިގެން ކުރި މިކައިވެނި އޮތީ ވަރަށް ވެސް ކުޑަ ގޮތަކަށެވެ. އެދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަންވެސް އެނގެން ދިއައީ މި ކައިވެންޏާއި އެކުގައިއެވެ.
ކައިވެންޏަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަނޑުބޮޑުކަން އިއުލާން ކުރި ބަތަލާ އެންމެ ފަހުން ފެނިގެން ދިއަ ފިލްމް އަކީ މިދިއަ އަހަރު ރިލީޒް ކުރި ފިލްމް "ޖަހާ ޗާރް ޔާރް" އިންނެވެ.
ކޮމެންޓު ފޮނުވާ