ބޮލީވުޑްގެ ސްޕްސްޓާރު ޝާހުރުކް ހާން އާއި މާ ވައްތަރު މީހަކު އަނެއްކައިވެސް ފެނިއްޖެއެވެ. ސެލެބްރިޓީންނާއި އެއް ވައްތަރު މީހުން ފެނުމަކީ އާންމު ކަމެކެވެ. ބޮލީވުޑްގެ ބައެއް އެހެން ތަރިންނާއިވެސް ވައްތަރު މީހުން ފެނިފައި އެބަހުއްޓެވެ.
ސޫރަޖް ކުމާރު ނަމަކަށް ކިޔާ މި މީހާ ދާދި ފަހުން ވަނީ އޭނާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. އެމީހާ ގެ މޫނުމަތީގެ ބައްޓަމުގެ އިތުރުން ބަލާބެލުމަށް ހަށިގަނޑުންވެސް ހުރީ ޝާހު އާއި ދާދި އެއްވަރެއްގައިއެވެ.
އޭނާގެ ފޮޓޯ ތަކެއް މިހާރު ވައިރަލް ވެފައިވާ އިރުގައި ބައެއް މީހުން ސޫރަޖް އާއި އެކުގައި ފޮޓޯ ނަގާތަން ވެސް ފެނެއެވެ. އަދި މި ފޮޓޯތަކަށް ކޮމެންޓް ކުރި މީހުން ބުނެފައިވަނީ އެއީ ޝާހު ބޮލީވުޑްއަށް ނުކުތްތާ ކުރީކޮޅު ހުރި ގޮތް ކަމަށާއި ވަރަށް ވައްތު ކަމަށެވެ.
މިހާރުވެސް އިބްރަހިމް ގަދްރީ ކިޔާ މީހަކު އަންނަނީ ޝާހު ކޮޕީ ކޮށް ވީޑިއޯ އަޕްލޯޑް ކުރަމުންނެވެ. އަދި އެކަމުން އޭނާ އަށް ބޮޑު އާމްދަނީއެއްވެސް ލިބެއެވެ. އެއީ ވެސް ޝާހު އާއި ވައްތަރު މީހެކެވެ.
ޝާހުއެންމެެ ފަހުން ފެނިގެން ގޮސްފައިވަނީ ގިން ރެކޯޑްތަކެއް މުގުރާލި ފިލްމް "ޕަޓާން" އިންނެވެ. މި ފިލްމްގައި ޝާހު އާއި އެކުގައި ފެނިގެންދިއައީ ދީޕިކާ ޕަދުކޯން އަދި ޖޯން އަބްރަހަމްއެވެ.
ކޮމެންޓު ފޮނުވާ