އެންޓީއާރް އާއި ޕްރިޔަންކާގެ ވަރުގަދަ އެކްޝަން ފިލްމްއެއް

އެންޓީއާރް އާއި ޕްރިޔަންކާގެ ވަރުގަދަ އެކްޝަން ފިލްމްއެއް

Author
ފާތިމަތު ނާވީ
08 ޖޫން 2023 08:12
0

ސައުތުގެ މަޝްހޫރު ސްޕަސްޓާރު އެންޓީއާރް ޖޫނިއާ އާއި ޕްރިޔަންކާ ޗޯޕްޅާ ވަރުގަދަ އެކްޝަން ފިލްމަކަށް ގެންނަން އުޅޭ ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެެނެސްދޭ ނޫސްތަކުން ރިޕޯޓް ކޮށްފިއެވެ.

މިހާރު އޭލިސްޓުގައި ހިމެނޭ މި ދެތަރިން ފިލްމް އަކަށް ގެންނަށް މަސައްކަތް ކުރަމުން އަންނަނީ  މަޝްހޫރު ތެލެގޫ ފިލްމު ފްރެންޗައިޒް "ކޭޖީއެފް" ގެ ޑައިރެކްޓަރު ޕްރަޝާންތު ނީލް ކަމަށް ހަބަރުތަށް ބުނެއެވެ.

"ކޭޖީއެފް" އަކީ ވަރަށް ކާމިޔާބު ފިލްމްއެކެވެ. އެ ފިލްމްގެ ދެބައެއް ނެރެފައިވާ އިރުގައި ބެލުންތެރިންގެ މެދުގައި ފިލްމް ވަރަށް މަގުބޫލެވެ. އަދި ހަމަ އެއާއި އެކުގައި ބޮކްސް އޮފީގައި މި ފިލްމް ހޯދި ކާމިޔާބީ ވެސް އެހައިމެ ބޮޑެވެ.

 

View this post on Instagram

 

A post shared by Jr NTR (@jrntr)

އެންޓީއާރް އާއި ޕްރިޔަންކާ ލީޑުން ފެނިގެންދާ މި ފިލްމް އަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގާ ހަނގުރާމައެއް ދައްކުވައި ދޭނެ ފިލްމް އެއް ކަމަށް ވެއެވެ. އަދި ފިލްމް އަކީ ވަރަށް ގްރޭންޑް ކޮށް، ވަރަށް ވަރުގަދަ އަދި ބޮޑު ބަޖެޓަކުން ހަދާނެ އެއްޗެކެވެ.

އެންޓީއާރް ގެ ފިލްމް "އާރްއާރްއާރް" އަކީ އިންޑިއާއަށް ވަރަށް ބޮޑެތި ފަހުރު ތަކެއް ހޯދައިދިން ފިލްމްއެކެވެ. އެ ފިލްމް ގެ "ނާޗޫ ނާޗޫ" ލަވަ ވަނީ އޮސްކާ އާއި ގޯލްޑެން ގްލޯބް އިން އެވޯޑް ހާސިލު ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Priyanka (@priyankachopra)

ޕްރިޔަންކާ އަކީ ބޮލިވުޑްގެ އިތުރުން ހޮލީވުޑްގައި ވެސް ވަރަށް ނުފޫޒު ގަދަ ނަމެކެވެ. މިހާރު ޕްރިޔަންކާ ބޮލީވުޑްގެ ފިލްމް ތަކުން ފެންނަ ލެއް ވަރަށް ވެސް މަދެވެ. ނަމަވެސް އޭނާ ވަނީ "ޖީ ލޭ ޒަރާ" ކިޔާ ފިލްމް އަކަށް ސޮއި ކޮށްފައިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.