"އަދިޕުރުޝް" ގެ ފައިނަލް ޓްރެއިލާ ހުކުރު ދުވަހު

"އަދިޕުރުޝް" ގެ ފައިނަލް ޓްރެއިލާ ހުކުރު ދުވަހު

Author
ފާތިމަތު ނާވީ
07 ޖޫން 2023 10:18
0

ސައުތުުގެ ފިލްމު އިންޑަސްޓްރީގެ އެންމެ ނަންހިގާ އެއް އެކްޓަރު ޕްރަބާސްގެ ކުރިއަށް އޮތް ފިލްމު "އަދިޕުރުޝް" ގެ ފައިނަލް ޓަރެއިލާ ހުކުރު ދުވަހު ލޯންޗު ކުރާނެ ކަމަށް އިއުލާން ކޮށްފިއެވެ.

ފިލްމް ގެ ލީޑް އެކްޓަރު ޕްރަބާސް ވަނީ އިންސްޓްރާގްމްގައި ފިލްމް ގެ އިތުރު ޕޯސްޓަރު ތަކަކާއި އެކުގައި މިކަން އިއުލާން ކޮށްފައިއެވެ. މި ޓްރެއިލާ ބާލުމަށް ހުކުރު ދުވަހު އިންތިޒާރު ކުރަމާ ހިންގާށެވެ.

 

View this post on Instagram

 

A post shared by Prabhas (@actorprabhas)

މީގެ ކުރިން ވެސް ވަނީ ފިލްމް ގެ ޓްރެއިލާ އެއް ދައްކައިލައިފައިއެވެ. ވަރަށް ވަރުގަދަ ފިލްމް އެއްކަމަށް ޓްރެއިލާ އިން މި ފިލްމް ބެލެވެއެވެ.  އެ ޓްރެއިލާއިން ވެސް ވަނީ ބެލުން ތެރިންގެ ހިތް އަތުލައިފައިއެވެ.

މި ފިލްމް ގެ މުހިންމު ރޯލުތަކުން ތިން ތަރިއަކު ފެނިގެން ދާނެއެވެ. އެގޮތުން ސައިފް މި ފިލްމުގައި ކުޅެފައިވަނީ ނެގެޓިވް ރޯލެކެވެ. އަދި ހީރޯގެ ގޮތުގައި ޕްރަބާސް ފެނިގެންދާއިރު ކްރިތީ އަކީ އޭނާގެ ލޯބިވެރިޔާއެވެ. މި ތިން ތަރިންގެ އިތުރުން ފިލްމުގެ މުހިންމު ރޯލުތަކުން ސަނީ ސިންގ، ދޭވްދައްތާ ނާގޭ، ވަޓްސަލް ޝެތު، ސޯނަލް ޗޯހަން އަދި ތުރުޕްތީ ތޮރަޑްމާލް ފަދަ ތަރިން ފެނިގެންދާނެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.