ސަލްމާން އާއި އެކު ކުޅުމަށް ދީޕިކާ އަށް ލިބުނު ފަސް ފިލްމް

ސަލްމާން އާއި އެކު ކުޅުމަށް ދީޕިކާ އަށް ލިބުނު ފަސް ފިލްމް

Author
ފާތިމަތު ނާވީ
08 ޖޫން 2023 06:56
0

ގިނަ ބަޔަކު އޮން ސްކްރީން އިން ބަލާލުމަށް އެންމެ ބޭނުންވާ ދެތަރިންނަކީ ސްޕަސްޓާރު ސަލްމާން ހާން އާއި ދީޕިކާ ޕަދުކޯންއެވެ. ނަމަވެސް މިހާތަނަށް އަދި އެދެމީހުން އެކުގައި ފިލްމް އަކުން ފެނިގެން ގޮސްފައިއެއް ނުވެއެވެ.

ނަމަވެސް އެދިގު އިންތިޒާރަށް ނިމުން އަންނަން މިވަނީ ކައިފރިވެފައިއެވެ. އެދެމީހުން އެކުގައި ފެނިގެންދާ ފިލްމްއެއް ވަނީ އިއުލާން ކޮށްފައިއެވެ. ނަމަވެސް މި ފިލްމް އިން ދެތަރިންގެ ބައި ފެނިގެންދާނީ ކިހާވަރަކަށްތޯ އެއީ އުފެދޭ ސުވާލެކެވެ.

"ޓައިގާ ވާސަސް ޕަޓާން" ގެ ނަމުގައި ހަދަމުން އަންނަ ފިލްމް ގެ ކާސްޓުން ފެނިގެން ދާނީ ސަލްމާން ހާން އާއި ޝާހުރުކް ހާންއެވެ. އަދި ބަތަލާއިން ގެ ގޮތުގައި ފެނިގެންދާނީ ދީޕިކާ ޕަދުކޯން އާއި ކެޓްރީނާ ކައިފްއެވެ.

 

މިދެތަރިން އެކުގައި ފިލްމް އަކުން ފެނިގެން ނުދިއައީ އެކުގައި ކުޅުމަށް ފިލްމްއެއް ނުލިބިގެން ނުވަތަ ހުށައެޅުމެއް ވެސް ނުލިބިގެންނެއް ނޫނެވެ. މީގެ ކުރިންވެސް ދެތަރިންނަށް ވަނީ ފިލްމް ހުށައަޅައިފައިއެވެ.

ނަމަވެސް އެކި އެކި ސަބަބު ތަކާއި ހެދި ދެމީހުންނަށް އެކުގައި މިހާތަނަށް ފިލްމްއެއް އަދި ކުޅެވިފައި ނުވަނީއެވެ. އެގޮތުން މި ބަލާލަނީ ސަލްމާން އާއި އެކުގައި ކުޅުމަށް ދީޕިކާ އަށް ލިބުނު 5 ފިލްްމްއަށެވެ.

1. ބަޖުރަންގީ ބައިޖާން

މި ފިލްމް އަކީ ސަލްމާން ހާންގެ ކެރިއަރުގައި ކާމިޔާބު ފިލްމް ތަކުގެ ލިސްޓުގެ ކުރިން ޖާގަ ހޯދާނެ ފިލްމްއެކެވެ. ކާމިޔާބު މި ފިލްމް އެންމެ ފުރަތަމަ ހުށައެޅީ ދީޕިކާ އަށެވެ. ނަމަވެސް އޭނާއަށް ފިލްމް ކުޅެވޭ ގޮތް ވަނީ ނުވެފައިއެވެ. އެހެން ކަމުން ފިލްމް އިން ފެނިގެން ދިއައީ ސަލްމާން އާއި އެކު ކަރީނާ އެވެ. އަދި މިހުންމު ރޯލަކުން ހަރްޝާލީ މަލޯތްރާ ވެސް ފެނިގެން ދިއައެވެ.

 

2. ޖެއި ހޯ

މީވެސް ދީޕިކާއަށް ޑޭޓްގެ މައްސަލަ ތަކާއި ހެދި ނުކުޅެވުން ފިލްމްއެކެވެ. މި ފިލްމްގެ ލީޑުން ފެނިގެން ދިއައީ ސަލްމާން ހާން އާއި އެކުގައި ޑެއިޒީ ޝާހްއެވެ. މީވެސް ވަރަށް ކާމިޔާބު ފިލްމްއެކެވެ.

3. ޕްރޭމް ރަތަން ދަން ޕާއޯ

މި ފިލްމް އަކީ ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބެއް ހޯދު ފިލްމްއެއް ނޫނެވެ. މި ފިލްމް އަށްވެސް ފުރަތަމަ ސަލްމާން ގެ އޮޕޮސިޓުން ފުރުސަތު ލިބުނީ ދީޕިކާ އަށެވެ. ނަމަވެސް ދީޕިކާ އަށް ފިލްމް ނުކުޅެވުމުން ސަލްމާން އާއި އެކުގައި ފެނިގެން ދިއައީ ސޯނަމް ކަޕޫއެވެ. ފިލްމްގެ މުހިންމު ރޯލުން ސްވަރާ ބާސްކަރް އަދި ނީލް ނިތިން މުކޭޝް ވެސް ފެނިގެން ދިއައެވެ.

 

4. ސުލްތާން

ސުލްތާން އަކީ ބްކޮލްބަސްޓާ ފިލްމްއެކެވެ. ކަސްމާންގެ ކެރިއަރުގެ މި ކާމިޔާބު ފިލްމް ވެސް ދީޕިކާ އަށް ނުކުޅެވުނީއެވެ. ފަހުން ފިލްމް އިން ސަލްމާން އާއި އެކުގައި ފެނިގެންދިއީ އަނުޝްކާ ޝަރުމާއެވެ.

5. ކިކް

ކިކް އަކީ ބެލުންތެރިންގެ މާބޮޑު ތަރުހީބެއް ލިބުނު ފިލްމްއެއް ނޫނެވެ. މި ފިލްމް އަށް ދީޕިކާ އެއްބަސް ނުވި ސަބަބެއް ނޭގެއެވެ. ދީޕިކާ ފިލްމް ނުކުޅުމުން ފިލްމްގެ ލީޑުން ފެނިގެން ދިއައީ ސަލްމާން އާއި އެކުގައި ޖެކުއަލިން ފެނާންޑޭޒްއެވެ. މި ފިލްމްގެ މުހިންމު ރޯލު ތަކުން ނަވާޒުއްދީން ސިއްދީގް އަދި ރަންދީޕް ހުޑާ ވެސް ފެނިގެން ދިއައެވެ.

މީގެ ތެރެއިން ސަލްމާން އާއި އެކުގައި ދީޕިކާ ފެނުން ނަމަ އެންމެ ރީތީވީހީ ކޮން ފިލްމް އަކުން ކަމަށް ކޮމެންޓް ކޮށްލާށެވެ. ކޮންމެއަކަސް އެދެތަރިން އެކުގައި ފިލްމް އަކުން ފެނުމުގެ ވަގުތު ވަނީ ވަރަށް ކުޑަތަން ވެފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.