”ލަސްޓް ސްޓޯރީސް 2″ގެ ޓީޒާ ޓްރެއިލާ ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.
މީގެ ކުރިން ގެނެސްދިން މމިފިލްމުގެ ސީކުއަލް "ލަސްޓް ސްޓޯރީސް2″ގެ ޓީޒާއާ އަކީ ފިލްމް އިން ފެނިގެންދާ ތަރިން ތައާރަފް ކުރުމުގެ ގޮތުން ބެލުންތެރިންނަށް ދޫކޮށްލި ޓީޒާއެކެވެ
މި މަހުގެ 29ގައި ޕްރީމިއާކުރަން ހަމަޖެހިފައިވާ މި ފިލްމުގެ ކާސްޓުގައި މިދިޔަ އަހަރުގެ "ސަލާމް ވެންކީ" އިން އެންމެ ފަހުން ފެނިގެންދިއަ ބޮލީވުޑްގެ މަޝްހޫރު ބަތަލާ މި ފިލްމްގެ ސެގްމެންޓް އަކުން ފެނިގެންދާނެއެވެ. މިއީ ކާޖޮލް މިފަދަ އެންތޮލޮޖީ ފިލްމަކުން ބެލުންތެރިންނަށް ފެންނާނެ ފުރަތަމަ ފަހަރުވެސްމެއެވެ.
އިތުރު ކާސްޓުންގެ ތެރޭގައި ތަމަންނާ ބާޓިއާ، ވިޖޭ ވަރުމާ، ނީނާ ގުޕްތާ، މުރްނާލް ޓާކޫރް އަދި އަންގަދު ބޭދީ ފަދަ ތަރިން ހިމެނެ އެވެ. މީގެ ސެގްމަންޓްތައް ޑައިރެކްޓްކުރީ މިދިޔަ އަހަރު "ޗުޕް" ގެނެސްދިން އާރް ބަލްކީ އާއި "ބަދާއީ ހޯ" ގެ ޑައިރެކްޓަރު އަމިތު ޝަރުމާ އާއި ބަތަލާ ކޮންކޮނާ ސެން ޝަރުމާގެ އިތުރުން "ކަހާނީ" ގެ ޑައިރެކްޓަރު ސުޖޯއި ގޯޝް އެވެ.
"ލަސްޓް ސްޓޯރީ" އަކީ 2018 ވަނަ އަހަރު ގެނެސްދިން އެއްޗެކެވެ. އޭގެ ކާސްޓުގައި ހިމެނުނީ ވިކީ ކޯޝަލް އާއި ކިއާރާ އަދުވާނީ އަދި ރާދިކާ އާޕްޓޭ ގެ އިތުރުން ބޫމި ޕޭޑްނޭކަރްއެވެ.
ކޮމެންޓު ފޮނުވާ