ބޮލީވުޑްގެ އަރަމުން އަންނަ ޒުވާން ބަތަލާ ސާރާ އަލީ ހާން އާއި އޭނާގެ މާމަ އަދި ކުރީގެ މަޝްހޫރު ބަތަލާ ޝަރުމީލާ ޓެގޯރް އާއި އެކުގައި ފެނިގެންދާ ވީޑީއޯއެއް ސޯޝަލް މީޑިއާގައި ވައިރަލް ވެއްޖެއެވެ.
ސާރާ އާއި އެކުގައި އޭނާގެ މާމަ ކުރިއަށް ގެންދިޔަ ޝޫޓިންއެއްގެ ވީޑިއޯއެއް އާންމު ވުމާއި އެކުގައި ގިނަ ބަޔަކު މިހާރު އުންމީދު ކުރަމުން ދަނީ އެއީ ކޮންކަހަލަ ބާވަތެއްގެ އެއްޗއްތޯ ބެލުމަށެވެ.
ސާރާ މި ވީޑިއޯ ޕޯސްޓްކުރީ "ހާއްސަ ދުވަހެއް" ކަމަށް ލިޔެފަ އެވެ. އެ ވީޑިއޯގައި ޝަރުމީލާގެ ފިލްމެއްގެ ވަރަށް މަޝްހޫރު ލަވައެއް ކަމަށްވާ "ޗަންދާ ހޭ ތޫ، މެރާ ސޫރަޖު ހެ ތޫ" ބެކްގްރައުންޑުން އިވިގެންދެއެވެ.
އެކަމަކު މި ޝޫޓިންއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ނެތެވެ. ބައެއް މީޑިއާތަކުން ބުނީ މާމައާ އެކީ ސާރާ ޝޫޓްކުރީ އިޝްތިހާރެއް ކަމަށެވެ. ބޮޑަށް ބެލެވެނީ ވެސް އެއީ އިޝްތިހާރެއް ކަމަށެވެ.
ބައެއް މީޑިއާ ތަކުން ބުނީ އެ އިޝްތިހާރު ވަރަށް އަވަހަށް ދައްކަން ފަށާނެ ކަމަށެވެ. މާމައާ އެކީ ސާރާގެ މަސައްކަތެއްކޮށްފައިވާ އިރު، އޭނަ މަންމަ އަމްރިތާ ސިންގްއާ އެކީ ވެސް އިޝްތިހާރުތަކެއް ކުޅެފައިވެ އެވެ.
ކޮމެންޓު ފޮނުވާ