ވަރުން އާއި އަނުސްކާ ދެވަނަ ފިލްމް އަކަށް ތައްޔާރު

ވަރުން އާއި އަނުސްކާ ދެވަނަ ފިލްމް އަކަށް ތައްޔާރު

Author
ފާތިމަތު ނާވީ
06 ޖޫން 2023 04:32
0

2018 ވަނަ އަހަރުގެ ކާމިޔާބު ފިލްމް "ސުއީ ދާގާ" ގެ ލީޑުން ފެނިގެންދިއަ އަނުޝްކާ ޝަރުމާ އާއި ވަރުން ދަވަން އެކުގައި ފެނިގެންދާ ދެވަނަ ފިލްމް އަށް ތައްޔާރު ވަމުން އަންނަ ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.

ރިޕޯޓްތަށް ބުނާގޮތުގައި މި ފިލްމް އަކީ 2016 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ތަމަޅަ އެކްޝަން ތުރިލާ ފިލްމް "ތެރީ" ގެ ހިންދީ ރިމޭކް ކަމަށެވެ. މި ފިލްމް އަކީ މިހާރު ޝާހު އާއި އެކުގައި ފިލްމް "ޖަވާން" ގައި މަސައްކަތް ކުރަމުން އަންނަ ޑައިރެކްޓަރު އެޓްލީގެ ވަރަށް ކާމިޔާބު ފިލްމްއެކެވެ.

މި ފިލްމްގެ ލީޑުން ފެނިގެން ދަނީ ސައުތުގެ އެންމެ މަޝްހޫރު އެއް އެކްޓަރު ވިޖޭ ތަލަޕަތީއެވެ. ބަތަލާއިން ގެ ގޮތުގައި ފެނިގެން ގޮސްފައިވަނީ ކާމިޔާބު ބަތަލާ ސަމަންތާ ރޫތް ޕުރަބޫ އާއި އެމީ ޖެކްސަންއެވެ.

މީޑިއާތަކުން ބުނީ މީގެ ހިންދީ ރިމޭކްގެ އެއް ބަތަލާގެ ރޯލު ޖާންވީ ކަޕޫރަށް ހުށަހެޅުމުން، ތާރީހުގެ ފުށުންއެރުންތަކާ ހެދި ފުރުސަތު އޭނަ ދޫކޮށްލާފައިވާ ކަމަށެވެ.

އަނުޝްކާ އާއި ވަރޫން އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ 2018 ގެ "ސުއީ ދާގާ: މޭޑް އިން އިންޑިއާ" އެވެ. މި ފިލްމް އަކީ ބޮކްސް އޮފީހުގައި ކާމިޔާބު ފިލްމްއެކެވެ.

އަނުޝްކާގެ ކުރިއަށް އޮތް ފިލްމަކީ އޭނަ ކުޅުނު ކްރިކެޓް ފިލްމު "ޗަކްދާ އެކްސްޕްރެސް" އެވެ. ވަރުން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2022 ވަނަ އަހަރު ރިލީޒް ކުރި ފިލްމް "ބޭޅިއާ" އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.