200 އަށް ވުރެ ގިނަ ފިލްމް ކުޅެފައިވާ އިންޑިއާގެ ކުރީގެ ބަތަލާ ސްލޯޗަނާ ލަޓްކަރް މަރުވެއްޖެ އެވެ. އޭނާ މަރުވި އިރު އުމުރަކީ 90 އަހަރެވެ.
ސްލޯޗަނާ ގިނަ ފިލްމް ތަކުގައި ކުޅެފައިވަނީ މަންމަ ގެ ރޯލު އެވެ. އެހެންވެ ގިނަ ބަޔަކު އޭނާ ދަންނަނީ ފިލްމް ތަކުގައި މަންމަގެ ބައި ކުޅޭ މީހެއްގެ ގޮތުގައިއެވެ.
"ޖޮނީ މެރަ ނާމް"، "ކަޓީ ޕަތަންގް"، "މުގައްދަރް ކާ ސިކަންދަރް" ފަދަ ކާމިޔާބު ގިނަ ފިލްްމް ތަކެއްގައި މަސައްކަތް ކޯށްފައިވާ ބަތަލާ މަރުވީ މިމަހުގެ 4 ވަނަ ދުވަހުގައ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮންނެވެ. އޭނާ މަރުވެފައިވަނީ ނޭވާލާ ނިޒާމުގެ ބަލިތަކެއްގައި ކަމަށް ހަބަރު ލިބެއެވެ.
ކުރީގެ ގިނަ މަޝްހޫރު ތަރިންނާއި އެކުގައި މަސައްކަތް ކޮށްފައިވާ ސްލޯޗަނާގެ ފާހަގަ ކޮށްލެވޭ ބައެއް ފިލްމް ތަކުގެ ތެރޭގައި "ކޮރާ ކާގަޒް"، "ދިލް ދެކެ ދޭކޯ" ފަދަ ފިލްމް ތަށް ފާހަގަ ކޮށްލެވެވެ. އޭނާ ވަނި އަމިތާބް ބަޗަނަ، ސްރީ ދޭވީ، މަދޫރީ ޑިކްޝިތް، މަނީޝާ ކޮއިރާލާ ފަދަ ތަރިންނާއި އެކުގައި މަސައްކަތް ކޮށްފައިއެވެ.
ކޮމެންޓު ފޮނުވާ