"ސަތިއަޕްރޭމް ކީ ކާތާ" ގެ ޓްރެއިލާ މިއޮތީ

"ސަތިއަޕްރޭމް ކީ ކާތާ" ގެ ޓްރެއިލާ މިއޮތީ

Author
ފާތިމަތު ނާވީ
05 ޖޫން 2023 05:39
0

ކާތިކް އާރިޔާން އާއި ކިއާރާ އަދުވާނީ އެކުގައި ކުޅޭ ދެވަނަ ފިލްމު "ސަތިޔަޕްރޭމް ކީ ކާތާ" ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކައިލައިފިއެވެ.

މިއުޒިކަލް ރޮމޭންސް ޑްރާމާ "ސަތިއަޕްރޭމް ކީ ކާތާ" އަކީ މި މަހުގެ 29 ގައި ސިނަމާތަކަށް ގެންނަން ތާވަލް ކޮށްފައިވާ ފިލްމްއެކެވެ. އަދި ފިލްމް އަކީ ވަރަށް އުންމީދީ ފިލްމް އެއް ވެސްމެއެވެ.

ނޭޝަނަލް އެވޯޑް ހޯދާފައިވާ ސަމީރު ވިދުވަންސް ޑައިރެކްޓްކޮށް މަޝްހޫރު ޕްރޮޑިއުސަރު ސާޖިދު ނަޑިއާޑްވާލާ ޕްރޮޑިއުސްކުރާ ފިލްމް އަކީ މަސްހުނި އިހުސާސްތަކެއްގެ ފިލްމްއެކެވެ. ފިލްމް ރީތިވާނެކަން ޓްރޭއިލާ އިން ވެސް އެނގެއެވެ.

 

View this post on Instagram

 

A post shared by KARTIK AARYAN (@kartikaaryan)

މިއީ ދެތަރިން އެކުގައި ކުޅޭ ދެވަނަ ފިލްމެވެ. މީގެ ކުރިން ދެތަރިން ވަނީ ފިލްމު "ބޫލް ބުލައްޔާ 2″ އިން ފެނިގެން ގޮސްފައެވެ.  އެ ފިލްމަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި ފިލްްމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.