ހއ. މުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 72 އިންސައްތާއި އަދި އެ ރަށުގެ ބޭރު ތޮށީގެ ޕްރޮފައިލިން މަސައްކަތުގެ 17 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައި ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
މިއާއިއެކު މި މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
މި މަޝްރޫޢުގެ ދަށުން، 32,721 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 3,817 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ނެރު ފުންކުރުމާއި، 232 މީޓަރުގެ ސަރަޙައްދެއްގެ އެއްގަމުތޮށި ލުމާއި، 395 މީޓަރުގެ ސަރަޙައްދެއްގެ ބޭރު ތޮށިލުން ހިމެނެއެވެ.
The Ha. Muraidhoo Harbor Development Project is currently underway with 72% overall project progress. The second shipment of rock boulders has been delivered to the project site, and breakwater profiling work has reached 17% completion.#MTCCProjects #RayyithungeKunfuni pic.twitter.com/F1GgzFzeoe
— MTCC Plc (@MTCCPlc) May 30, 2023
މީގެ އިތުރުން 202 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 1,933 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ބްރިޖެއް ހެދުމާއި، ނެރު ބައްރި އާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.
މި މަޝްރޫޢަކީ 34.28 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީއިން ވަނީ ފާހަގަކޮށްފައެވެ.